Roadha Mihaaru
ޕްރައިމަރީއާ ނުލައި 3 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް

ޕްރައިމަރީއަކާ ނުލައި އިތުރު ތިން ކެންޑިޑޭޓަކަށް އެމްޑީޕީގެ ޓިކެޓް

01 ފެބުރުއަރީ 2024

އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި އިދިކޮޅު އެމްޑީޕީގެ ޓިކެޓް އިތުރު ތިން ކެންޑިޑޭޓަކު ކަށަވަރު ކުރައްވައިފި އެވެ.

އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި އިދިކޮޅު އެމްޑީޕީގެ ޓިކެޓް އިތުރު ތިން ކެންޑިޑޭޓަކު ކަށަވަރު ކުރައްވައިފި އެވެ.

އެ ޕާޓީން މިރޭ ބުނިގޮތުގައި، ޕްރައިމަރީއަކާ ނުލައި މި ފަހަރު ޓިކެޓް ކަށަވަރު ކުރެއްވީ ދިއްދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަބްދުﷲ ވަހީދާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި މާފަންނު އުތުރު ދާއިރާ އަށް ވާދަކުރައްވާ އިފްހާމް ހުސައިނެވެ.

އިފްހާމަކީ އެމްޑީޕީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޕްރައިމަރީއަކާ ނުލައި 40 އަށް ވުރެ ގިނަ ދާއިރާތަކުގެ ޓިކެޓް އެމްޑީޕީން ވަނީ އެކި ކެންޑިޑޭޓުންނަށް ދީފަ އެވެ. މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ވަރަށް ގިނަ މެމްބަރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި 104 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ނުކުންނަވަ އެވެ.