ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓްތައް ދޫކުރުމުގެ ތެރޭގައި ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ދެން އަމަލު ކުރަންވީ ގޮތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ އެންގުމާ އެކު، މަޝްވަރާ ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ރޭ ބުނެފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓްތައް ދޫކުރުމުގެ ތެރޭގައި ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ދެން އަމަލު ކުރަންވީ ގޮތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ އެންގުމާ އެކު، މަޝްވަރާ ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ރޭ ބުނެފި އެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ އެ ފްލެޓްތައް ދޫކުރުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންކަން ކުރި ގޮތްތައް ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބެލުމަށް ފަހު ދެން އަމަލުކުރަންވީ ގޮތް އޭސީސީން ހައުސިން މިނިސްޓްރީ އަށް ލިޔުމަކުން ފޮނުވީ އިއްޔެގެ ރަސްމީ ގަޑި ނިމި، އޮފީސްތައް ބަންދުކުރި ފަހުން ހަވީރެވެ.
އެކަމާ ގުޅިގެން އޭސީސީން މީޑިއާ އަށް ދޫކޮށްލި މައުލޫމާތުތަކާ އެކު، ހައުސިން މިނިސްޓްރީއާ ރޭ ސުވާލު ކުރަން ފެށުމުން ވަރަށް ލަސް ވަގުތެއްގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ކަންކަމުގެ މަޝްވަރާ މިހާރު ފަށާފައިވާ ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ: އޭސީސީގެ ސިޓީއާ ގުޅިގެން މަޝްވަރާ ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ރޭ ބުނި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަދި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހާމަކުރާނެ ވާހަކަ ވެސް ދެންނެވީމެވެ،" ކުރު ބަޔާނުގައި ހައުސިން މިނިސްޓްރީން ބުންޏެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓްތައް ދޫކުރުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުކިއްސަރު އެތައް ކަމެއް ހިންގި ކަމުގެ ވަރަށް ގިނަ ޝަކުވާތައް ފެންމަތިވުމުން 4،000 ފްލެޓް ދޫކުރުން އޭސީސީން ހުއްޓުވީ އެ ވެރިކަން ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިގަ އެވެ.
ޝަކުވާތައް ބެލުމަށް ފަހު، އޭސީސީގެ އެންގުންތައް އެހާ ތަފުސީލުކޮށް މީޑީއާ އަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް މައިގަނޑު ފަސް ކަމެއްގެ ވާހަކަ އޭސީސީގެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް އެނގިފައި ވެ އެވެ. އޭސީސީން ބުނީ ތަފުސީލުތައް ދޭނީ ހައުސިން މިނިސްޓްރީން ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތައް ދޫކުރުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތް ކުރުމަށް ހައުސިން މިނިސްޓްރީ އަށް އެންގި ކަމަށް އޭސީސީން މީޑިއާގައި ރޭ ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނަ ގޮތަށް، މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމާއި މުރާޖައާ ކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމެވެ. އަދި މުރާޖައާ ކުރުމުގައި ތަފާތެއް ނެތި، އެއް މިންގަނޑަކުން އަމަލުކުރުމަށް ވެސް ހައުސިން މިނިސްޓްރީ އަށް އެންގި ކަމަށް އޭސީސީން ބުންޏެވެ.
އެފްޑީސީން މިދިޔަ މަހުގެ 23 ގައި ބުނެފައި ވަނީ ހުޅުމާލެ 2 ގައި ހަދަމުން އަންނަ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށޭނެ ކަމަށެވެ.
ފަހި ދިރިއުޅުމުގެ މޮޑެލް އެޕާޓްމެންޓް: މި ފްލެޓްތަކުގައި 900 އަކަފޫޓްގެ ތިން ކޮޓަރީގެ 2،800 ޕްލެޓް އާ 650 އަކަފޫޓްގެ ދެ ކޮޓަރީގެ 1،200 ފްލެޓް ހުންނާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ކުންފުނިން ސޯޝަލް މީޑިއާގައި އާއްމުކުރި ކުރު ވީޑިއޯއެއްގައި ބުނީ، ފްލެޓްގެ އެއްބަސްވުންތައް ޕްރިންޓުކޮށް ނިންމާފައިވާ ކަމަށެވެ. ލިސްޓުގެ ކަންކަން ނިމޭތާ ތިން ދުވަހުގެ ތެރޭގައި ސޮއިކުރަން ފެށޭނެ ކަމަށް ބުނެ، އެ މަސައްކަތާ ގުޅޭ އިތުރު ތަފްސީލު ދޭނެ ކަމަށް އެ ވީޑިއޯގައި އޭރު ބުނެފައި ވެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވިދާޅުވެފައި އޮތީ ކްރައިޓީރިއާއަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
ނަމަވެސް އޭސީސީގެ ސިޓީއާ ގުޅިގެން ދެން އަމަލު ކުރާނެ ގޮތެއް އެނގޭނީ ހައުސިން މިނިސްޓްރީން ކުރިއަށް އޮތް ހަފުތާގައި ތަފުސީލުތައް ހާމަކުރުމުންނެވެ.
4،000ފްލެޓް ދޫކުރުން ކުރިއަށް ގެންދަން ހުއްދަ ދީފި
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
"ފްލެޓުގެ ގުރުއަތު ނެގީ ދާއިމީ ލިސްޓަކަށް ނޫން"
ފްލެޓުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ
ޕޯޓަލް މިނިސްޓްރީއަށް ދީފި،އެކަމަކު އަދިވެސް ނުވަދެވޭ!
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
ފަހި ދިރިއުޅުން "އަމާން ދޯދި" މޮކް-އަޕް ދައްކާލައިފި