Roadha Mihaaru
ބަޣުދާދީ އަށް އަމާޒުކޮށް ދިން ހަމަލާގައި 13 މީހުން މަރު

ބަޣުދާދީ އަށް އަމާޒުކޮށް ދިން ހަމަލާގައި އައިއެސްގެ 13 ކޮމާންޑަރުން މަރާލައިފި

14 ފެބުރުއަރީ 2017

ބަޣުދާދު (ފެބްރުއަރީ 14) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އަށް އަމާޒުކޮށް އިރާގުގެ ވައިގެ ސިފައިން ދިން ހަމަލާތަކުގައި އައިއެސްގެ 13 ކޮމާންޑަރުން މަރާލާފައިވާ ކަމަށް އިރާގު ސިފައިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ފެބްރުއަރީ 14) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އަށް އަމާޒުކޮށް އިރާގުގެ ވައިގެ ސިފައިން ދިން ހަމަލާތަކުގައި އައިއެސްގެ 13 ކޮމާންޑަރުން މަރާލާފައިވާ ކަމަށް އިރާގު ސިފައިން ބުނެފި އެވެ.

ހަމަލާ އަމާޒުކޮށްފައި ވަނީ ބަޣުދާދީ އުޅުނު ކަމަށް ބެލެވޭ ގައިމްގެ އިމާރާތަކަށެވެ. އިރާގު ސިފައިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ގައުމުގެ ހުޅަނގުގައި ދިން ހަމަލާތަކުގައި އައިއެސްގެ އާދައިގެ ރޭންކުތަކުގެ 64 މީހުން ވެސް މަރާލާފައިވާ ކަމަށެވެ. އެކަމަކު މަރުވި ނުވަތަ ޒަޚަމްވި މީހުންގެ ލިސްޓުގައި ބަޣުދާދީގެ ނަމެއް ނުހިމެނެ އެވެ.

އިރާގު ސިފައިން ބުނެފައި ވަނީ ސީރިއާގެ ރައްގާގައި އުޅުމަށް ފަހު ބަޣުދާދީ ވަނީ ސީރިއާގެ ބޯޑަރާ ކައިރީގައި އޮންނަ އިރާގުގެ ސިޓީއެއް ކަމަށްވާ ގައިމް އަށް މިދިޔަ ހަފުތާގައި ބަދަލުވެފައި ކަމަށެވެ. ހަމަލާ ދިން އިރު ބަޣުދާދީ ދިޔައީ އައިއެސްގެ ސީނިއާ މެންބަރުންނާ ބައްދަލު ކުރަމުން ކަމަށް ވެސް އިރާގު ސިފައިން ބުނެފައިވެ އެވެ. ބައްދަލުވުމުގެ ބޭނުމަކީ ބަޣުދާދީ އަށް ފަހު އައިއެސްގެ ލީޑަރު ކަމަށް ގެންނާނެ މީހަކާއި މޫސަލްގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

އަސްލު ނަމުގެ ގޮތުގައި އިބްރާހިމް އައްވާދު އިބްރާހިމް އަލް ބަދުރީގެ ނަން ބޭނުން ކުރާ ބަޣުދާދީ އެންމެ ފަހުން އާއްމު މެސެޖެއް ދީފައި ވަނީ ނޮވެމްބަރު މަހު އެވެ. އޭނާ ވަނީ މޫސަލްގައި އިރާގު ސިފައިންނަށް އަމާން ނުދިނުމަށް އައިއެސްގެ ހަނގުރާމަވެރިންނަށް ގޮވާލައިފަ އެވެ. މޫސަލްގެ އިރުމަތީ ހިސާބުތައް މިހާރު ވަނީ އައިއެސްގެ އަތުން ގެއްލިފަ އެވެ.