Roadha Mihaaru
ފްރާންސުން އައިއެސް އަށް ވައިގެ ހަމަލާދޭން ފަށައިފި

ފްރާންސުން އައިއެސް އަށް ވައިގެ ހަމަލާ ދޭން ފަށައިފި

30 ސެޕްޓެމްބަރ 2016

ޕެރިސް (ސެޕްޓެމްބަރު 29) - އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ފްރާންސުން ވައިގެ ހަމަލާތައް މިއަދު ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (ސެޕްޓެމްބަރު 29) - އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ފްރާންސުން ވައިގެ ހަމަލާތައް މިއަދު ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިރާގުގެ މޮސޫލްގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނަށް ފްރާންސް އިން ވައިގެ ހަމަލާތައް ދެމުން ދަނީ މަތިންދާ ބޯޓު އުފުލާ މަނަވަރު ޝާލެ ޑި ގައުލް އިން އެވެ. ހަމަލާތައް ދެމުން ދަނީ ފްރާންސްގެ ހަނގުރާމަމަތީ ރަފޭލް ޖެޓްތަކުންނެވެ.

ފްރާންސްގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ގަލްފަށް ގެންގޮސްފައި ވަނީ މި މަހުކުރީކޮޅު އެވެ.

އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ ބާރުގެ ދަށުން އަތުލުމުގެ އަސްކަރީ އޮޕަރޭޝަން ފެށުމަށް އިރާގު ސިފައިން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެމެރިކާ އިން ވެސް މިހާރު ވަނީ އިރާގު ސިފައިންނަށް އެހީވުމަށް އިތުރު 600 ސިފައިން އިރާގަށް ފޮނުވަން ނިންމައިފަ އެވެ. އައިއެސްގެ ބާރުގެ ދަށުގައި އިރާގުގައި އޮތް ހަމައެކަނި ސިޓީ ހިފުމަށް އަސްކަރީ ހަމަލާތައް ފަށާނީ އަންނަ މަހު ފަހުކޮޅު ކަމަށް އިރާގު ސިފައިންގެ އިސް އޮފިސަރުން ވަނީ ބުނެފަ އެވެ.

އައިއެސްގެ ބާރުގެ ދަށަށް މޮސޫލް ގެންދިޔައީ ޖޫން، 2014 ގަ އެވެ. އިރާގުގައި އައިއެސްގެ ބާރުގެ ދަށުގައިވާ އެހެން ސިޓީތައް މީގެ ކުރިން ވަނީ ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.