Roadha Mihaaru
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި

ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި

15 އެޕްރީލް 2024

މިޔުނިކް (އޭޕްރީލް 15) – އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ބެޔާން މިޔުނިކުން، ޒައިނުއްދީން ޒިދާނަށް އެ މަގާމު ހުށަހަޅައިފި އެވެ.

މިޔުނިކް (އޭޕްރީލް 15) – އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ބެޔާން މިޔުނިކުން، ޒައިނުއްދީން ޒިދާނަށް އެ މަގާމު ހުށަހަޅައިފި އެވެ.

ބުންޑެސް ލީގާގައި ނާކާމިޔާބާ ކުރިމަތިވި ބެޔާންގެ ކޯޗުކަން މިސީޒަނަށް ފަހު ދޫކޮށްލަން ތޯމަސް ޓުޗެލް ކުރިން ވަނީ ނިންމައިފަ އެވެ.

އޭނާގެ ބަދަލުގައި ކޯޗަކު ގެނައުމަށް ކުރި މަސައްކަތުގައި ބެޔާނުން އެންމެ ފުރަތަމަ ހުށަހެޅީ ބެޔާ ލެވަކޫސަންގެ ޒަބީ އޮލޮންސޯ އަށެވެ.

ޖަރުމަނުގެ ލީގުގެ ތަށި ރޭ ލެވަކޫސަން އަށް ކަށަވަރުކޮށް ދިން އޮލޮންސޯ ނިންމީ އެ ކްލަބްގައި މަޑު ކުރުމަށެވެ. ލިވަޕޫލްގެ ކޯޗުކަން ވެސް އޭނާ އަށް ހުށަހެޅި އެވެ.

ރެއާލްގެ ކޯޗުކަން 2021 ގައި ޒިދާން ދޫކޮށްލި ފަހުން އެއް ވެސް ކްލަބަކާ އޭނާ ހަވާލެއް ނުވެ އެވެ. ވިދިވިދިގެން ތިން ފަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިން ޒިދާން އަށް ބައެއް ކްލަބްތަކުން ހުށަހެޅުން ކުރިން ވެސް ލިބުނެވެ.

އެކަމަކު މިއީ ބެޔާން ފަދަ ބޮޑު ކްލަބެއްގެ ހުށަހެޅުން އޭނާ އަށް ލިބުނު ފުރަތަމަ ފަހަރެވެ. ބެޔާނުން އޭނާގެ އެޖެންޓަށް ގުޅައި ޒިދާންގެ ޝައުގުވެރިކަން ހުރިތޯ ބަލަން ފުރަތަމަ މަރުހަލާގައި ވާހަކަތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. މިދިޔަ މަހު ޒިދާން ބުނެފައި ވަނީ، ވަރަށް އަވަހަށް ކޯޗުކަމުގެ ވަޒީފާ އަށް ނުކުންނާނެ ކަމަށެވެ.