ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވައިފި އެވެ. އޭނާ ވާދަކުރައްވަނީ ރ. އުނގޫފާރު ދާއިރާއަށެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވައިފި އެވެ. އޭނާ ވާދަކުރައްވަނީ ރ. އުނގޫފާރު ދާއިރާއަށެވެ.
"މާދަމާ އަޅުގަނޑު ފޯމު ހުށަހަޅަން ދާނަން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތަރުޖަމާނުކަން ވެސް ކުރިން ކުރެއްވި އަމީން ވިދާޅުވި އެވެ.
"މާތްﷲގެ ރަހުމަތްފުޅާ އެކު އިންތިހާބު ކާމިޔާބުކޮށް، ދާއިރާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތަށް އަތުކުރި އޮޅަމުން، ދާއިރާ ރައްޔިތުންގެ ތާއީދަށް އެދެމެވެ."
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަމީން އޮކްޓޯބަރު 21، 2020 ގައި އެ މަގާމުން އިސްތިއުފާ ދެއްވީ ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދޭން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުގެނެވުމުގެ މައްސަލާގައި ކުރިމަތިވި ކަންކަމާ ގުޅިގެންނެވެ.
ރައީސް އިބޫގެ ސަރުކާރުން އިސްތިއުފާ ދެއްވުމަށް ފަހު، އަމީން އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވީ ޖޭޕީގަ އެވެ. ގިނަ ދުވަސް ތަކެއް ވަންދެން ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށް ފަހު، އަމީން އެންމެ ފަހުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިކޮށް އުޅުއްވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމްގެ ކެމްޕެއިނުގަ އެވެ.
ކުރީގެ ގައުމީ ޕާޓީން ސިޔާސީ ދާއިރާ އަށް ނުކުންނެވި، ގދ. ގައްދު އަށް އުފަން އަމީން ވަނީ ޖޭޕީގެ ނައިބު ރައީސްކަން ކުރިން ކުރައްވައިފަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް އަމީން ކުރެއްވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަ ދުވަހެވެ. ސުންގަޑިއަކީ ހަވީރު 4:00 އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން މަޖިލިސް އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ގަ އެވެ. އެކަމަކު، އެ ދުވަސް ދިމާވަނީ ރޯދަމަހާ ކަމަށް ވާތީ، ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ އިދިކޮޅު އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މި ފަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން ގާނޫނަށް އިސްލާހު ގެނެސް ފާސްކޮށްފަ އެވެ. ނަމަވެސް އެ އިސްލާހަށް އަމަލު ކުރެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތަސްދީގު ކުރެއްވުމުންނެވެ.
ޖޭޕީ ޓިކެޓް ދޫކޮށް، ނިޝާމާގެ ތާއީދު ފަޒީލަށް
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
ލ. އަތޮޅަށް ހަތަރު ރިސޯޓު، ގަން-ފޮނަދޫ ސިޓީއަކަށް!
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
ދުވާފަރު ދާއިރާގެ ފޮށިތައް ގުނަންޖެހޭ ސަބަބެއްނެތް:އީސީ
ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
ޕީއެންސީ އަށް އެކަނިވެސް މިހާރު ސުޕަމެޖޯރިޓީ