Roadha Mihaaru
ބާސާގެ އެތެރޭގައި އުފެދުނު ކަންތައްގަނޑު ހައްލުކޮށްފި

ބާސާގެ އެތެރޭގައި އުފެދުނު ކަންތައްގަނޑު ހައްލުކޮށްފި

14 ފެބުރުއަރީ 2024

ބާސެލޯނާ (ފެބްރުއަރީ 14) - ބާސެލޯނާގެ އެތެރޭގައި އުފެދުނު ކަންތައްގަނޑު، ވާހަކަ ދައްކައިގެން ހައްލުކޮށްފި އެވެ.

ބާސެލޯނާ (ފެބްރުއަރީ 14) - ބާސެލޯނާގެ އެތެރޭގައި އުފެދުނު ކަންތައްގަނޑު، ވާހަކަ ދައްކައިގެން ހައްލުކޮށްފި އެވެ.

ސްޕެއިންގެ ޗެމްޕިއަން ޓީމުގެ ތެރޭގައި ނުތަނަވަސްކަމެއް އުފެދުނީ އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓާ ޑެކޯ، ބާސާ ސްޓައިލް އަދި ކޯޗު ވެސް ބަދަލު ކުރަން ޖެހޭ ކަމަށް ބުނުމުންނެވެ.

"އާ މިސްރާބަކަށް ބަދަލު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް، [ކްލަބް] ރައީސް [ޔޮއާން ލަޕޯޓާ] މިކަމުގައި އަހަންނާ އެއްބަސްވޭ. ވަރަށް ބޮޑު ބަދަލެއް ގެންނަން އެބަޖެހޭ. ވަރަށް ބޮޑަށް ބާވެފައި އޮތް މެތަޑެއް މިއޮތީޫ،" އިންޓަވިއުގައި ޒަވީ ބުނެފައިވާ ކަމަށް ކަޓަލާން މީޑީއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

"އަހަރެމެން އެބަޖެހޭ ފާއިތުވެދިޔަ ދުވަސްތަކާ ވަކިވެ، އާ އާ އުސޫލުތަކަކާ އެކު ދާނެ މީހަކު [ކޯޗަކު] ހޯދަން."

އެމްބާޕޭގެ އެ ވާހަކަތަކާ ގުޅިގެން ކަޓަލާންގެ މީޑިއާތަކުން ބުނީ، ޑެކޯގެ އަމިއްލަ ގައުމު ޕޯޗުގަލްގެ ކޯޗެއް ގެންނަން އޭނާ މަސައްކަތް ކުރާ ކަމަށެވެ. ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސޭސާއޯ ބާސާގެ ކޯޗަކަށް ގެންނަން ޑެކޯ މަސައްކަތް ކުރަމުންދާ ކަމަށް ކަޓަލާން މީޑިއާތަކުން ބުނެފައި ވެއެވެ.

އެކަމަކު ޑެކޯ ބުނީ އޭނާގެ ވާހަކަތައް މާނކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ. އެ އިންޓަވިއު އޭނާ ދިނީ އޭނާގެ މާދަރީ ބަސް ޕޯޗުގީޒް ބަހުންނެވެ.

ކަޓަލާންގެ މީޑިއާތަކުން އެ އިންޓަވއު އާންމު ކުރީ އޭނާ އެ ވާހަކަ ދެއްކިތާ ދުވަސްތަކެއް ފަހުންނެވެ. އެ ވާހަކަތައް ކަޓަލާންގެ މީޑިއާތަކުން ގެނެސް ދިނުމުން ޑެކޯ އިސްތިއުފާ ދޭން ބާސާގެ ސަޕޯޓަރުން ގޮވަން ފެށި އެވެ. ހޫނު ފެނަށް ވެއްޓުމުން ޑެކޯ ބުނީ އޭނާގެ ވާހަކަ މީޑިއާއިން އޮޅުވާލާފައިވާ ކަމަށެވެ.

"އަހަރެން ބުނީ އިގްތިސޯދީ ގޮތުން އަދި މާލީ ގޮތުން ހިންގާ ގޮތް ކަންކަން ބަދަލުކުރާ ވާހަކަ،" ޑެކޯ ބުންޏެވެ.

ފަހުން ޑެކޯ ވަނީ، ބާސާގެ ކޯޗު ޒަވީ ހެންނާޑޭޒްއާ ބައްދަލުކޮށް ހަގީގަތް ހާމަކޮށްފަ އެވެ. ސްޕޭނުގެ މީޑިއާތަކުން ބުނީ އެ ބައްދަލުވުމަށް ފަހު ޓީމުގެ އެތެރޭގައި ކަންކަން މިހާރު ހަމަޔަކަށް އެޅިފައިވާ ކަމަށެވެ.