Roadha Mihaaru
ޒަވީ ބާސާގައި ހުންނާނެ، އެދެނީ ޒަވީގެ ބޭބެ ބޭރުކުރަން

ޒަވީ ބާސާގައި މަޑުކުރަނީ، ކްލަބުން އެދެނީ ޒަވީގެ ބޭބެ ޓީމުން ބޭރުކުރަން

25 އެޕްރީލް 2024

ބާސެލޯނާ (އޭޕްރީލް 25) – މި ސީޒަނަށް ފަހު ބާސާ ދޫކޮށްލަން ނިންމި، ޒަވީ ހެނާންޑޭޒް އެ ނިންމުން ބަދަލު ކުރަން އެއްބަސްވުމާ އެކު، އޭނާގެ ބޭބެ ކޯޗުން ޓީމުން ވަކި ކުރަން ބާސާއިން އެދިއްޖެ އެވެ.

ބާސެލޯނާ (އޭޕްރީލް 25) – މި ސީޒަނަށް ފަހު ބާސާ ދޫކޮށްލަން ނިންމި، ޒަވީ ހެނާންޑޭޒް އެ ނިންމުން ބަދަލު ކުރަން އެއްބަސްވުމާ އެކު، އޭނާގެ ބޭބެ ކޯޗުން ޓީމުން ވަކި ކުރަން ބާސާއިން އެދިއްޖެ އެވެ.

ފެބްރުއަރީ މަހު ޒަވީ އިއުލާން ކުރީ މި ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް މިހާރު އޭނާ އާއެކު ޔޮއާން ލަޕޯޓާ ކުރި މަޝްވަރާތަކަށް ފަހު އޭނާ ވިސްނުން ބަދަލު ކުރީ މިހާރު އޮތް ކޮންޓްރެކްޓް ނިމެންދެން މަޑުކުރުމަށެވެ.

ބާސާއާ އެކު ޒަވީ ހަދައިފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު ޖޫން މަހު އެވެ.

ބާސާގައި ޒަވީ މަޑުކުރަން އެއްބަސްވުމާ އެކު، އެ ކްލަބުން ޑިމާންޑް ކުރީ ޒަވީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ބާސާގައި މަސައްކަތް ކުރަމުން އަންނަ އޭނާގެ ބޭބެ އޮސްކާ ހެނާންޑޭޒް ޓީމުން ވަކި ކުރުމަށެވެ.

ގާޑިއޯލާގެ ކުރީގެ އެސިސްޓެންޓް ކޯޗު ޑޮމެނިކް ޓޮރެންޓް: ބާސާއިން އެދެނީ ޒަވީގެ އެސިސްޓެންޓް ކޯޗަކަށް އޭނާ ހަމަޖައްސަން

ގާޑިއޯލާގެ ކުރީގެ އެސިސްޓެންޓް ކޯޗު ޑޮމެނިކް ޓޮރެންޓް: ބާސާއިން އެދެނީ ޒަވީގެ އެސިސްޓެންޓް ކޯޗަކަށް އޭނާ ހަމަޖައްސަން

އޮސްކާގެ ބަދަލުގައި ބާސާގެ ބޯޑުން ޒަވީ އަށް ހުށަހެޅީ އެސިސްޓެންޓް ކޯޗަކަށް، ޑޮމެނިކް ޓޮރެންޓް ހަމަޖެއްސުމަށެވެ.

އޭނާ އަކީ ޕެޕް ގާޑިއޯލާ ބާސާގައި ހޭދަ ކުރި ދުވަސްވަރު މަސައްކަތް ކުރި އެސިސްޓެންޓް ކޯޗެވެ.

ޙެޒަވީގެ ކޯޗިން ޓީމުގައި މަސައްކަތް ކުރާ ބާސާގެ މިހާރުގެ ފިޓްނަސް ކޯޗު ވެސް ބަދަލުކުރަން އެ ކްލަބުން ވަނީ ޒަވީ އަށް ހުށަހަޅައިފަ އެވެ.