ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް މަގާމުން ވަކި ކުރުމުގެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
14 ފެބުރުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް މަގާމުން ވަކި ކުރުމުގެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އިން އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 28 ގަ އެވެ.
އެ މައްސަލާގައި އެ ދެ ބޭފުޅުންނަށް މަޖިލީހުން ވަނީ ނޯޓިސް ފޮނުވައިފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވަގުތު ކަނޑައެޅުން މިއަދު މަޖިލީހުގެ އާންމު ކޮމިޓީގައި އޮތީ ތާވަލު ކޮށްފަ އެވެ.
ނަމަވެސް ޕީއެންސީގެ ގިނަ މެންބަރުން މިހާރު ވަނީ ސޮއި އަނބުރާ ގެންގޮސް އެ މައްސަލަ ނަގައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި އެ މައްސަލަ އަނބުރާ ގެންދިޔައީ މި ވަގުތަށް ކުރިއަށް ގެންދަން ނުފެންނާތީ އެވެ.
އަސްލަމާއި ސަލީމް މަގާމުން ވަކިކުރުމަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާއިރު މަޖިލީހުގައި އަދިވެސް ބޮޑު އަޣުލަބިއްޔަތެއް އޮތީ އެ ދެ މެންބަރުން ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ އަތުގަ އެވެ.
އެ ޕާޓީން ގިނަ އަދަދެއްގެ މެންބަރުން އެއްފަހަރާ ވަކިވެ، ޕީއެންސީއާ ގުޅިވަޑައިގެންފައި ވިޔަސް 24 މެންބަރުންނާ އެކު ޕީއެންސީ އަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ.
އޮފީހުގައި ސިޔާސީ މަސައްކަތެއް ދެން ނުކުރާނެ: އިހުސާން
"އެސްޑީއެފް ބިލް ބޭރުކޮށްލީ އޮޅުވާލުމެއްގެ ތެރެއިން"
އަސްލަމާއި ސަލީމްގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި
އެއްވެ އުޅުން ހަނިކުރާ ގާނޫނު އުވާލަން ފާހެއް ނުކުރި
ގޮނޑި ގެއްލޭއިރު ރައްޔިތުންގެ ވޯޓަށް ނުދާން ފާސްކޮށްފި
މެންބަރުންނާގުޅޭ އާންމު ވޯޓަށް ބައެއް މެންބަރުން ދެކޮޅު
ބޮޑުކުރާ މުސާރައާ އެކު އިންފްލޭޝަނަށް ތައްޔާރުވާންޖެހޭ
އެސްއީޒެޑަށް ޓައުންޝިޕް: އިގްތިސާދީ އާ ވިސްނުމެއް
އެސްއީޒެޑް އިސްލާހުގެ މަސައްކަތް މިއަދު ނިންމަނީ
ކަންބޮޑުވުންތަކާ ގުޅިގެން ފަލާހުގެ ރާގު ބަދަލުވެއްޖެ!