ރާއްޖޭގެ އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓް އަޅަން އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
14 ފެބުރުއަރީ 2024
ރާއްޖޭގެ އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓް އަޅަން އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އިއްޔެ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް" ފޯރަމްގައި ވަނީ އެކި ދާއިރާތަކުން ރާއްޖޭގެ އިންވެސްޓް ކުރުމަށް ފުރުސަތުތައް ހުޅުވާލައިފަ އެވެ. ސަރުކާރުގެ ޕްލޭނަކީ ހައުސިން ދާއިރާއިން 70،000 ހައުސިން ޔުނިޓު އެޅުމެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހަދާ 40،000 ހައުސިން ޔުނިޓާއި "ރަސްމާލެ" ގައި 30،000 ހައުސިން ޔުނިޓް އެޅުމެވެ.
އުތުރުގައި ފްލެޓްތައް އަޅަން ނިންމާފައިވަނީ ހއ، ހދ. އަދި ށ. ގަ އެވެ. އަދި ދެކުނުގައި ފްލެޓްތައް އެޅުމަށް ޕްލޭންކޮށްފައި އޮތީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫގަ އެވެ.
ސަރުކާރުން ހަދަން ބޭނުންވަނީ 15-20 ބުރީގެ ހައުސިން ޔުނިޓާއި ވިޔަފާރީގެ ބޭނުމަށް ޖާގަ ހުންނަ ގޮތަށް ހަދާ ޓަވަރުތަކާއި ހަތަރު ބުރީގެ ހައުސިން ޔުނިޓްތަކާއި ތިން ބުރީގެ ހައުސިން ޔުނިޓެވެ.
އޭގެ ތެރޭގައި ސްޓޫޑިއޯ އެޕާޓްމަންޓްތަކާއި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވެސް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ފްލެޓްތައް އެޅުމަށް އަކަފޫޓަކަށް 85-100 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ސަރުކާރުން ވަނީ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އާއި ކޮންސެޝަނަލް ފައިނޭންސިން މޮޑެލް މެދުވެރިކޮށް މި ޕްރޮޖެކްޓްތައް ހިންގޭނެ ކަމަށް ބުނެފަ އެވެ.
އެފްޑީސީން 13،000 ހައުސިން ޔުނިޓް އަޅަން ފަށަނީ
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
3،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކެއްގައި ސޮއިކޮށްފި
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި
ދައުލަތަށް ބިން ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭނެ
ދަތި ހާލު އަދަދަތަކުން, އަނެއްކާވެސް ދިގު ކިޔޫއެއް!
ގޯއްޗަށް ކުރިމަތިލާން އެމްޑީޕީން އެހީތެރިކަން ދެނީ
ސޯޝަލް ހައުސިންގެ ފްލެޓް ކުއްޔަށްދެވޭ އުސޫލެއް ހަދައިފި
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް
ފްލެޓްތަކުގެ ފިނިޝިންއާއެކު ޔުނިޓެއް 66،000ޑޮލަރަށް