ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެތީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް އިން އަވަހަށް އެއްބަސްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެދިވަޑައިގެންފި އެވެ.
ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެތީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް އިން އަވަހަށް އެއްބަސްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެދިވަޑައިގެންފި އެވެ.
"އަޅުގަނޑުމެން މި ގޮވާލަނީ އަސީރުން މިނިވަންކުރުމުގެ ކަންކަން ހަމާސް އިން އަވަހަށް ފުރިހަމަކުރުމަށް. މިއީ 1948 ގެ ނަކަބާ އަށް ވުރެ ވަކިން ކުޑަ ނުވާނެ ކަމަށް ބެލެވޭ ހާލަތަކަށް ނުގޮސް ސަލާމަތްވުމަށް،" ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން އައްބާސްއާ ހަވާލާދީ ބުންޏެވެ.
އައްބާސް އިޝާރާތްކުރައްވާފައި އެ ވަނީ އިޒްރޭލު އުފެއްދުމަށް ކުރި ހަނގުރާމާގައި ފަލަސްތީނުގެ 760،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެކި ހިސާބުތަކަށް ދާން މަޖުބޫރުކުރުވި ހާދިސާއަށެވެ.
ފަލަސްތީނުގެ ރައީސްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ބަލައިގަންނަ އައްބާސް އަކީ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ބަލަން މިސްރުގައި ބާއްވާ ސުލްހައިގެ ވާހަކަތަކުގެ ބައިވެރިއެއް ނޫނެވެ.
ރާމަﷲ ގައި ގާއިމުކޮށްފައިވާ ޕަލެސްޓައިން އޮތޯރިޓީ (ޕީއޭ) ލީޑަރު އައްބާސްއާ އެކު މިހާރު މައިގަނޑު ގޮތެއްގައި ތިބީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އެތައް މަސައްކަތެއްކޮށް އެކަމަކު މިހާރު އެ މަސައްކަތުގައި ހުއްޓުމަކަށް އައިސްފައި ތިބި މީހުންނެވެ. އިޒްރޭލަށް އެންމެ ބޮޑަށް އެހީވާ އެމެރިކާ އިން ޕީއޭ އަށް ވެސް ފައިސާގެ އެހީ ދެ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ތާއީދުކުރާ ކަމަށް އެމެރިކާއިން ބުންޏަސް ޕީއޭގެ ލީޑަޝިޕަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެމެރިކާއިން ބުނެ އެވެ.
އައްބާސް އަކީ ފަލަސްތީނުގެ ރައީސްގެ ގޮތުގައި ބަލައިގަންނައިރު އިޒްރޭލުން ހަމަލާ ދެމުން ގެންދާ ޣައްޒާއިން އައްބާސްގެ ބާރު 2007 ވަނަ އަހަރު ކަނޑުވާލުމަށް ފަހު އެތަނުގައި ވަކިން ވެރިކަން ކުރަމުން އަންނަނީ ހަމާސް އެވެ. --އޭއެފްޕީ
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ފަލަސްތީނުގެ ގައިދީން އެންމެފަހުން މިނިވަންކޮށްފި
ހަމަލާތައް ހުއްޓާލި އެއްބަސްވުން ފެއިލްވެދާނެ: ހަމާސް
ފުރަތަމަ މަރުހަލާގެ ބާކީ ހަ ރަހީނުން މިނިވަންކޮށްފި
އިޒްރޭލު 6، ފަލަސްތީނުގެ 602 މީހުން މިނިވަންކުރަނީ
ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލަން ތައްޔާރު: ހަމާސް
ހަމާސް ނައްތާލަން ޣައްޒާ ނަރަކައަށް ހަދާނެކަމަށް ބުނެފި
އިޒްރޭލާއި ފަލަސްތީނުން ގައިދީން މިނިވަންކޮށްފި