Roadha Mihaaru
ރަކުލް އާއި ޖެކީގެ ކައިވެނީގައި ދެނީ ރަނގަޅު ކެއުން

ރަކުލް އާއި ޖެކީގެ ކައިވެނީގައި ދެނީ ސިއްހަތަށް ރަނގަޅު ކެއުން

20 ފެބުރުއަރީ 2024

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ރަކުލް ޕްރީތު ސިންގް އާއި ޖެކީ ބަގްނާނީގެ ކައިވެނީގެ ހަފުލާގައި ސިއްހަތަށް ރަނގަޅު ކެއުންތައް ދޭން ނިންމައިފި އެވެ.

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ރަކުލް ޕްރީތު ސިންގް އާއި ޖެކީ ބަގްނާނީގެ ކައިވެނީގެ ހަފުލާގައި ސިއްހަތަށް ރަނގަޅު ކެއުންތައް ދޭން ނިންމައިފި އެވެ.

ޖެކީ އާއި ރަކުލް ކައިވެނިކުރަނީ އަންނަ ބުދަ ދުވަހު އިންޑިއާގެ ގޯއާގައި ބާއްވާ ހަފުލާއެއްގަ އެވެ. އެ ކައިވެނީގެ ތައްޔާރީތަކަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ރަކުލް އާއި ޖެކީ އަކީ އަބަދުވެސް ވަރަށް ބޮޑަށް ސިއްހަތަށް ބަލައިގެން އުޅޭ ދެމީހުންނަށް ވާތީ، އެމީހުންގެ ކައިވެނީގެ ހަފުލާގެ މެނޫގައި ސިއްހަތަށް ރަނގަޅު ކެއުންތައް ވަނީ ހިމަނައިފަ އެވެ.

ޖެކީގެ އަމިއްލަ ގޭގައި އޭނާގެ ޕާސަނަލް ޖިމެއް ހުރެ އެވެ. އަދި ރަކުލް އަކީ އިންޑިއާގެ އެކި ތަންތަނުގައި އޭނާގެ އަމިއްލަ ޖިމްތައް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ.

"އެ ދެމީހުންގެ ކައިވެނީގައި މެހެމާނުންނަށް އެކި ކެއުންތަކާ އެކު، ސިއްހަތަށް ފައިދާ ހުރި ކާނާ ލިބެން ހުންނާނެ. އޭގެ ތެރޭގައި ގްލޫޓެން-ފްރީ، ޝުގަ-ފްރީ އަދި ނިއުޓްރިޝަނަލް ޓްރީޓްސް ވެސް ހިމެނޭ،" ރިޕޯޓްތައް ބުންޏެވެ.

ރަކުލް އާއި ޖެކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާންކުރީ އޮކްޓޯބަރު 10، 2021 ގަ އެވެ.