Roadha Mihaaru
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި

ސިލްސިލާ "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގެ ދެ ތަރިން ކައިވެނިކޮށްފި

03 ޑިސެމްބަރ 2021

ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގެ ތަރިން ކަމަށްވާ ނީލް ބަޓާއި އައިޝްވާރިއާ ޝަރުމާ ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގެ ތަރިން ކަމަށްވާ ނީލް ބަޓާއި އައިޝްވާރިއާ ޝަރުމާ ކައިވެނިކޮށްފި އެވެ.

މީޑިއާތަކުން ބުނީ އަންގާރަ ދުވަހު އިންދޯރުގައި ބޭއްވި ކުލަ ގަދަ ކައިވެނީގެ ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މީހުންގެ އިތުރަށް ގާތް ރައްޓެހިންނާއި ޓީވީ އިންޑަސްޓްރީގެ ބައެއް މީހުން ވެސް ބައިވެރިވި ކަމަށެވެ. ނީލް އާއި އައިޝްވާރިއާ ކައިވެނިކޮށްފައި މި ވަނީ މިދިޔަ އަހަރު ދައްކަން ފެށި "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގެ ސެޓުން އުފެދުނު ލޯބީގެ ގުޅުމާ އެކީގަ އެވެ.

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ސިލްސިލާ އަކީ ދެ ތަރިންގެ ލޯބީގެ ގުޅުން ކައިވެންޏަކާ ހަމައަށް ނުގޮސް އެހެން ކައިވެނިތަކެއް ކުރަން ޖެހުމުން ދިމާވާ ކަންތައްތަކެއް ފެނިގެންދާ އެއްޗެއް ކަމެވެ.

"ގުމް ހެ ކިސީކޭ ޕިޔާރު މޭ" ގައި އައިޝްވާރިއާ ކުޅޭ ޕަޓްރަލޭކާގެ ކެރެކްޓާ އަކީ އޭނާގެ ފުރަތަމަ ލޯބި ވިރާޓް (ނީލް) ހާސިލުނުކުރެވި، އޭނާގެ ކަޒިން ސަމްރާޓް (ޔޮގެންދުރާ ވިކްރަމް ސިންގް) އާ ކައިވެނިކުރަން ޖެހުމުން ވިރާޓާއި އަންހެނުން ސައީ (އަޔޭޝާ ސިންގް) ގެ ގުޅުމާ ހަސަދަވެރިވެ، އެ ގުޅުން ހަރާބު ކުރަން މަސައްކަތްކުރާ މީހެއްގެ ރޯލެވެ.

ބޮލީވުޑްގެ ކުރީގެ ބަތަލާ ރޭކާ ޕްރޮމޯޝަންތަކުގައި ބައިވެރިވި "ގުމް ހެ ކިސީކޭ ޕިޔާރު މޭ" ދައްކަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 5 އެވެ. މިހާތަނަށް އޭގެ 370 އަށް ވުރެ ގިނަ އެޕިސޯޑް ދައްކާފައިވެ އެވެ.