Roadha Mihaaru
އިންޑިއާއަށް ދިވެހިން ވޭޕު ގެންދާ މައްސަލަ ބޮޑުވެއްޖެ

އިންޑިއާއަށް ދާ ދިވެހިން ވޭޕު ގެންދާ މައްސަލަ ބޮޑުވުމުން އެކަން ނުކުރަން އިލްތިމާސްކޮށްފި

22 ފެބުރުއަރީ 2024

އިންޑިއާއަށް ދަތުރުކުރާ ދިވެހިން ވޭޕު އަދި އީ-ސިނގެރޭޓް ގެންދާ މައްސަލަ ބޮޑުވުމުން އެކަން ނުކުރަން މިއަދު އިލްތިމާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާއަށް ދަތުރުކުރާ ދިވެހިން ވޭޕު އަދި އީ-ސިނގެރޭޓް ގެންދާ މައްސަލަ ބޮޑުވުމުން އެކަން ނުކުރަން މިއަދު އިލްތިމާސްކޮށްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ ގަވާއިދުގެ ދަށުން އީ-ސިނގެރޭޓް އަދި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއް އިންޑިއާއަށް އެތެރެކުރުމާއި ބޭރުކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ޕޯސްޓުކުރީ އިންޑިއާ އަށް ދަތުރުކުރާ ބައެއް ފަސިންޖަރުން އީ-ސިނގެރޭޓް އަދި ވޭޕް ގެންދާ މައްސަލަ އާންމުވެފައި ވާތީ ފަސިންޖަރުންގެ ސަމާލުކަމާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

"ހޭންޑް ލަގެޖަށް ނުލައި ދޫކޮށްލާ ލަގެޖަށް ލައިގެން އީ-ސިނގެރޭޓް ނުވަތަ ވޭފް ގެންދިޔަސް ރަނގަޅުވާނެ ކަމަށް ހީކޮށް ވެސް ބައެއް ފަސިންޖަރުން މި އެއްޗެހި ގެންދެވިފައި އެބަހުރި. އެހެންވެ މިކަމަށް ސަމާލުވުމަށް މި އިލްތިމާސްކުރީ،" އޭނާ ވިދާޅުވި އެވެ.

ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމު ކަމަށްވާ އިންޑިއާ އަށް ވައިގެމަގުން އީ-ސިނގެރޭޓާއި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމާއި ބޭރުކުރުން މަނާކުރީ 2020 ވަނަ އަހަރު އެވެ. އަދި އިންޑިއާ ސަރުކާރުން އެ ގައުމުގައި އީ-ސިނގެރޭޓް އަދި ވޭޕް ބޭނުންކުރުން މަނާކުރީ 2019 ވަނަ އަހަރު އެވެ.