Roadha Mihaaru
ޒިދާން އަލުން ކޯޗުކަމަށް އެނބުރި އަންނަނީ

ޒިދާން އަލުން ކޯޗުކަމަށް އެނބުރި އަންނަނީ

28 ފެބުރުއަރީ 2024

ޓިއުރިން (ފެބްރުއަރީ 28) - އަލުން އެނބުރި ކޯޗު ކަމުގެ ވަޒީފާ އަށް ނުކުންނާނެ ކަމަށް، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޓިއުރިން (ފެބްރުއަރީ 28) - އަލުން އެނބުރި ކޯޗު ކަމުގެ ވަޒީފާ އަށް ނުކުންނާނެ ކަމަށް، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޖޫން 2021 ގައި ރެއާލްގެ ވަޒީފާ ދޫކޮށްލި ފަހުން، ޒިދާން ކޯޗު ކަމުގެ ވަޒީފާއަކާ ހަވާލެއް ނުވެ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކުރިން ހޯދި ޒިދާނަށް ކޯޗުކޮށް ދިން، މާސެލޯ ލިއްޕީގެ ޑޮކިޔުމެންޓްރީ ނެރުމަށް ބޭއްވި ހަފުލާއަށް ހާޒިރުވުމުން، ސްކައި ސްޕޯޓްސްއިން ކުރި ސުވާލަށް ޖަވާބު ދެމުން ޒިދާން ބުނީ ކޯޗުކަމުގެ ވަޒީފާއަށް ނުކުންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"އިޓަލީން ފެނިދާނެ ހެއްޔޭ. ހަމަ ކޮންމެ ގޮތެއް ވެސް ވެދާނެ،" ރެއާލާ އެކު ވިދިވިދިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދި ކޯޗު ބުންޏެވެ.

"މިވަގުތު އަހަރެމެން މި އުޅެނީ އެހެން ކަންކަމުގައި. އެކަމަކު ހަމަ ޔަގީނުން ވެސް ކޯޗުކަމުގެ ވަޒީފާ އަށް ނުކުންނާނަނަން.

ލިއްޕީ ނުވަތަ [ކާލޯ] އަންޗެލޮޓީ ފަދަ މޮޅު ކޯޗު އަހަންނަށް ކޯޗުކޮށްދިން. ނަމަވެސް ކޮންމެ މީހަކު ވެސް އެބަޖެހޭ އެމީހެއްގެ އަމިއްލަ ގޮތަކަށް ދާން."

މެންޗެސްޓާ ޔުނައިޓެޑް ހިއްސާ މި ފަހުން ގަތް ޖިމް ރެޓްކްލިފް، އެ ޓީމުގެ ކޯޗަކަށް ޒިދާން ގެންނަން ބޭނުންވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.