Roadha Mihaaru
ހާލަންޑަށް ފަސް ލަނޑު ޖަހާލުން މާ ބޮޑު ކަމެއް ނޫން

ފަސްތަރީގެ ހާލަންޑަށް ފަސް ލަނޑު ޖަހާލުން މާ ބޮޑު ކަމެއް ނޫން

28 ފެބުރުއަރީ 2024

ލޫޓަން ޓައުން ކޮޅަށް އާލިންގަ ހާލަންޑް ޖެހި ފަސް ލަނޑާ އެކު އޭނާގެ ލަނޑު ޖެހުމުގެ ފެންވަރު ދައްކާލައިފި އެވެ.

ލޫޓަން ޓައުން ކޮޅަށް އާލިންގަ ހާލަންޑް ޖެހި ފަސް ލަނޑާ އެކު އޭނާގެ ލަނޑު ޖެހުމުގެ ފެންވަރު ދައްކާލައިފި އެވެ.

މެޗެއްގައި ފަސް ލަނޑު ޖަހާލުން ބައެއް ސްޓައިކަރުންނަށް އެއީ މާ ބޮޑު ކަމެއް ނޫނެނެވެ. އެކަމަކު ހާލަންޑް ތަފާތު ވަނީ އޭނާގެ ކުޅުމުގެ ސްޓައިލްގެ ގޮތުންނެވެ.

ގޯލު ޖެހުމުގެ ހުރިހާ ރަހަތަކެއް ލަނޑުތަކެއް ވެސް އޭނާ އަށް ޖެހިދާނެ އެވެ. ޑިފެންސްގެ ފަހަތުން އޭނާ ދުވެ، ބާރު ސްޕީޑްގައި ގޮސް ލަނޑު ޖަހި އެވެ. ޑިފެންސްކުރަން ވަށައިގެން ބައްދާލާފައިވާ ޕެނަލްޓީ އޭރިއާ އަށް ވަދެ ވެސް އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.

އިދިކޮޅު ކުޅުންތެރިޔާ އަތުން ދުވެގެންދާ ބޯޅަ ހޯދައިގެން އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ. ނޯވޭގެ ފޯވާޑާ ކުރިމަތިލާން ޖެހުމަކީ ލޫޓަން ޓައުންގެ ބަދުނަސީބެވެ.

އެ ހުރިހާ ކަމެއް ހިނގީ ކެނިލްވޯތު ރޯޑްގައި އޭނާ ކުޅުނު 77 މިނެޓުގެ ތެރޭގަ އެވެ. އޭނާ ފަސް ލަނޑު ޖެހީ މެޗުގެ ގަޑިން 60 މިނެޓު ހަމަވުމުގެ ކުރިންނެވެ.

ލޫޓަންގެ ޑިފެންޑަރުންނަށް ހާލަންޑްގެ ނުރައްކާ ނުޖެހި ދިޔައީ އޭނާ ދަނޑުގައި ހޭދަ ކުރި އެންމެ ފަހު 17 މިނެޓްގަ އެވެ. އެކަމަކު އެ ވަގުތުކޮޅުގައި މަޓާއޯ ވޮވަސިޗް ސިޓީގެ ހަ ވަނަ ލަނޑު ޖެހި އެވެ.