Roadha Mihaaru

ވަރުގަދަ ލިވަޕޫލަށް ސިހުންގެނައި ޕްލިމައުތު، ސިޓއަށް ވެސް ބިރަކަށް ވެދާނެ

ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ އެންމެ ފޯމުގައި އޮތް ވަރުގަދަ ލިވަޕޫލް ކަޓުވާލި ޕްލިމައުތު އާގައިލް އަށް އެފްއޭކަޕްގައި މެންޗެސްޓާ ސިޓީއާ ވާދަކުރަން ޖެހިއްޖެ އެވެ.

ލިވަޕޫލަށް ސިހުންގެނައި ޕްލިމައުތަށް ލައްވާލީ ސިޓީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 ފެބުރުއަރީ 2025

ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ އެންމެ ފޯމުގައި އޮތް ވަރުގަދަ ލިވަޕޫލް ކަޓުވާލި ޕްލިމައުތު އާގައިލް އަށް އެފްއޭކަޕްގައި މެންޗެސްޓާ ސިޓީއާ ވާދަކުރަން ޖެހިއްޖެ އެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށް، އިނގިރޭސި ޗެމްޕިއަންޝިޕް ނުވަތަ ދެވަނަ ޑިވިޝަނުގެ ފުލުގައި އޮތް ޕްލިމައުތުން ކާމިޔާބު ހޯދުމުން ގިނަ ބަޔަކަށް އެ ނަތީޖާ ވީ ހައިރާން ކުރުވަނިވި ނަތީޖާ އަކަށެވެ.

ތަޖުރިބާ މަދު ކުޅުންތެރިންނަށް އާން ސްލޮޓް ފުރުސަތު ދިން ނަމަވެސް ޕްލިމައުތު ބަލިކޮށްނުލެވުމުން ލިވަޕޫލަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޕްލައިމައުތަށް މިހާރު މިއތީ ސިޓީ އެވެ. ވަރުގަދަ ލިވަޕޫލް ބަލިކޮށްލެވުމުން ބޮޑު ހިތްވަރެއް މިހާރު ލިބިފައިވާ ޕްލައިމަތަކީ ސިޓީ އަށް ވެސް ބިރަކަށް ވެދާނެކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ.

މި ސީޒަނުގައި ސިޓީގެ ކުޅުމަށް ވަނީ އަސަރުކޮށްފަ އެވެ. އެއް ފެންވަރެއްގައި އެ ޓީމަށް ހުރިހާ މެޗުތަކެއް ނުކުޅެވެ އެވެ. އެކަހަލަ ހާލަތެއްގައި އޮތް ޓީމަކާ ދެކޮޅަށް ޕްލިމައުތުން ހައިރާން ކުރުވަބިވި ނަތީޖާއެއް ނެރެފާނެ ކަމަށް އިނގިރޭސި ފުޓްބޯޅަ އެނަލިސްޓުން ލަފާ ކުރެ އެވެ.

އިއްޔެ ނެގި ގުރުގައި، މިހާރުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑަށް ލައްވާލީ ފުލަމް އެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ގަދަ 16 ގެ ގުރު ލައްވާލި ގޮތް

- ޕްރެސްޓަން ނޯތު އެންޑް = ބާންލީ

- އެސްޓަން ވިލާ = ކާޑިފް

- ޑޮންކާސްޓާ ރޯވާސް = (ކްރިސްޓަލް ޕެލަސް/ މިލްވޯލް)

- މެންޗެސްޓާ ޔުނައިޓެޑް = ފްލަމް

- ނިއުކާސަލް ޔުނައިޓެޑް = ބްރައިޓަން ހޯވް އެލްބިއޯން

- ބޯންމަތު = ވޮލްވާހެމްޓަން

- މެންޗެސްޓާ ސިޓީ = ޕްލިމައުތު އާގައިލް

- (އެކްސްޓާ ސިޓީ/ ނޮޓިންހަމް ފޮރެސްޓް) = އިޕްސްވިޗް ޓައުން