މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހަދާ ފެސިލިޓީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ އިއުލާނުކޮށްފި އެވެ.
01 މާޗް 2024
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހަދާ ފެސިލިޓީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ އިއުލާނުކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ހަދަން ނިންމާފައިވާ ކެޓް ޝެލްޓާގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލްގެ އެޑްމިން ސެކްޝަނުގެ މީޓިން ރޫމުގައި އޮންނާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ. އަގު ހުށަހެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގަ އެވެ.
މައުލޫމާތު ސާފުކުރުމަށް ނުދާ މީހުންނާއި ގަޑި ޖެހިގެން އަންދާސީ ހިސާބު ހުށަހަޅަން ދާ މީހުންގެ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ބުޅަލުގެ މައްސަލަ ހައްލުކުރުމަށް ވެޓް ކްލިނިކެއްގެ އިތުރުން ޒަރޫރީ ހިދުމަތްތަކާ އެކު އެކަށީގެންވާ ސަރަހައްދެއް ހަދާނެ އެވެ.
މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް ވަނީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްފަ އެވެ. އެކަމަކު ފަހުން އެ މަސައްކަތަށް ބަޔަކު ޝައުގުވެރިކަން ފާޅުކުރިޔަސް އެ މަސައްކަތަށް ވަނީ ބަދަލު އައިސްފަ އެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެ މަސައްކަތް ކުރިއަށް ނުގެންދެވުނީ އޭރު ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.
ބުޅާ ފެސިލިޓީ ހަދަން ބިން ދީފައި ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިންނެވެ.
"ވެލްފެއާ ފޯ އައިލެންޑް ކެޓްސް" (ޑަބްލިޔުއައިސީ) އިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގެ މަގުތަކުގައި 3،000 އަ ށްވުރެ ގިނަ ބުޅާ އުޅޭނެ އެވެ. ޑަބްލިޔުއައިސީ އިން ލަފާކުރަނީ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަަމަ އެ އަދަދު 9،000 އަށް އިތުރުވާނެ ކަމަށެެވެ.
ބުޅާ ފެސިލިޓީ ހިންގަން ބަޔަކާ ހަވާލުކުރަން ނިންމައިފި
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
ތިންމަސްފަހުން ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
"ހަރަދު ދީފައި އޮޅުހިޔާއާ ހަވާލުވާން އަންގައިފިން"
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި
ބުޅާތައް އޮޅުހިޔާއަށް އަދި ގެންދާކަށް ނުފެނޭ: މިނިސްޓްރީ
ބުޅާ ފެސިލިޓީއަށް ބައެއް ސާމާނު ހޯދަނީ
ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
މަގުމަތީގައި އުޅޭ ބުޅާތަކަށް "އޮޅު ހިޔާ" ހުޅުވައިފި