މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި "އޮޅުހިޔާ" ފެސިލިޓީއާ އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
26 ފެބުރުއަރީ 2025
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި "އޮޅުހިޔާ" ފެސިލިޓީއާ އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
އެތަން ހިންގުން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް އެންގީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އެކަމަކު އެތަނަކީ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދު ކޮށްގެން ހެދި ތަނެކެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ، އޮޅުހިޔާ ފެސިލިޓީގެ ހުރިހާ ރަސްމީ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް އެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ނިމުމަށްފަހު، މިއަދު އެ ތަނާ ރަސްމީކޮށް މިނިސްޓްރީން ހަވާލުވެފައިވާ ކަމަށެވެ.
މަގުތަކުގައި އުޅޭ ބުޅާތައް "އޮޅުހިޔާ"އަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށުމުން އެނިމަލް ވެލްފެއާ މިނިސްޓްރީން އޭރު ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެފަ އެވެ. އަދި އެ މަސައްކަތް ވަގުތުން ހުއްޓުވަން ވެސް އެންގި އެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ މިނިސްޓްރީގެ ދަށަށް އެތަން ބަދަލުކުރަން ނިންމިކަން އެންގީ ޑިސެމްބަރު ތިން ވަނަ ދުވަހު ބުޅާތައް ފެސިލިޓީއަށް ގެންދަން މުވައްޒަފުން ނިކުންނަނިކޮށް ކަމަށެވެ.
އެ ފެސިލިޓީ ސަރުކާރާ ހަވާލު ކުރަން އެންގުމާ ގުޅީގެން، އެ ފެސިލިޓީ ނިމިގެން ގިނަ ދުވަސްތަކެއް ވީއިރު ވެސް މިހާތަނަށް އެއްވެސް ބުޅަލެއް އެތަނަށް ގެންދެވިފައެއް ނުވެ އެވެ.
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި
ބުޅާތައް އޮޅުހިޔާއަށް އަދި ގެންދާކަށް ނުފެނޭ: މިނިސްޓްރީ
ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
މަގުމަތީގައި އުޅޭ ބުޅާތަކަށް "އޮޅު ހިޔާ" ހުޅުވައިފި
ބުޅާ ފެސިލިޓީ އަންނަ މަހު 2 ގައި ހުޅުވަނީ
ބުޅާ ފެސިލިޓީއަށް ޑޮކްޓަރަކާއި ނަރުހުން ހޯދަނީ
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ބުޅާ ފެސިލިޓީގެ ބިންގާ އަޅައިފި