މާލޭގައި ސަލްމާން މިސްކިތް ކައިރީގައި އުޅޭ ބުޅާތަކަށް ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) ހާއްސަ ގެތަކެއް ހަދައިދީފި އެވެ.
މާލޭގައި ސަލްމާން މިސްކިތް ކައިރީގައި އުޅޭ ބުޅާތަކަށް ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) ހާއްސަ ގެތަކެއް ހަދައިދީފި އެވެ.
ބުޅާތަކުގެ ހައްގުގައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާ، ޑަބްލިޔުއައިސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގެތައް ބަހައްޓާނެ ތަނަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ޖަވާބަކަށް މަސް ދުވަސް ނެގި ކަމަށެވެ.
އެންމެ ފަހުން ނިންމީ އެ ޕާކިން ލޮޓުގައި އެ ގެތައް ބަހައްޓަން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ވެލްފެއާ ފޯ އައިލެންޑް ކެޓްސް އިން ސަލްމާން މިސްކިތް ކައިރީ ބުޅާތަކަށް އަޅައިދިން ގެ އެއްގައި ބުޅަލެއް އިށީންދެލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ވާރޭވެހި މާލެ މަގުތަކުގައި ފެންބޮޑުވާ ކޮންމެ ފަހަރަކު ބުޅާތައް މަރުވާކަން ފާހަގަކޮށް ޑަބްލިޔުއައިސީ އިން ބުނީ މިދިޔަ ހުކުރު ދުވަހު ވެހުނު ބޯ ވާރޭގައި ވެސް ދެ ބުޅާ މަރުވި ކަމަށެވެ.
އެހީވެވެން އޮތް ހާލަތެއްގައި، އެހީ ނުވުމުގެ ސަބަބުން އިތުރަށް އެފަދަ ހާދިސާއެއް ދިމާވާން ބޭނުން ނުވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުގެ މަގާމު ފުރުއްވި ދުވަސްވަރު ވެސް ވަނީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު އެ މަސައްކަތަށް ޝައުގުވެރިކަން ބަޔަކު ފާޅުނުކުރިޔަސް، ފަހުން އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކައުންސިލުން އޭރު ބުންޏެވެ.
ވެލްފެއާ ފޯ އައިލެންޑް ކެޓްސް އިން ސަލްމާން މިސްކިތް ކައިރީ ބުޅާތަކަށް އަޅައިދިން ގެ އެއްގައި ބުޅަލެއް ނިދާފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާ މޭޔަރު އާދަމް އާޒިމް ހުވާ ކުރެއްވުމަށް ފަހު، މިދިޔަ މަހު ވަނީ ބުޅާ ފެސިލިޓީ އަޅަން އެގްރިކަލްޗާ މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ.
ޑަބްލިޔުއައިސީ އިން ބުނާ ގޮތުގައި މާލެ ސަރަހައްދުގެ މަގުތަކުގައި 3،000 އަށް ވުރެ ގިނަ ބުޅާ އުޅޭނެ އެވެ. ޑަބްލިޔުއައިސީ އިން އެސްޓިމޭޓްކުރަނީ މާލެ ސަރަހައްދުގައި އުޅޭ ސްޓްރޭ ކެޓްތަކުގެ އަދަދު 3،000 އިން 9،000 އަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ އިތުރުވެދާނެ ކަމަށެވެ.
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ކައުންސިލްގެ ވިސްނުމަކީ 1،000 ބުޅާ ނިއުޓާ ކުރުން
ބުޅާ ޝެލްޓާ އާއި ވެޓް ކްލިނިކް ވިލިމާލޭގައި ހަދަނީ
އަޅާލާނެ ބަޔަކުނެތި ބުޅާ ގިނަވަނީ!
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
ތިންމަސްފަހުން ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
"ހަރަދު ދީފައި އޮޅުހިޔާއާ ހަވާލުވާން އަންގައިފިން"
އިމާރާތް ކުރަނިކޮށް ޖެހިގެން ހުރި ގެ ގަނބައިގެންފި
މާފަންނުން ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި