10 މާޗް 2024
ލަންޑަން (މާޗް 10) - ކީޕަރު އާރަން ރަމްސްޑޭލް ހެދި ފީކަޅާ ގޯގެއްގެ ސަބަބުން، ބްރެންޓްފޯޑާ އެއްވަރުވާން ދަނިކޮށް ކައި ހަވާޓްޒް ފަހު ވަގުތު ލަނޑު ޖަހައި އާސެނަލް އެއްވަނަ އަށް ލައި ދީފި އެވެ.
ލަންޑަން (މާޗް 10) - ކީޕަރު އާރަން ރަމްސްޑޭލް ހެދި ފީކަޅާ ގޯގެއްގެ ސަބަބުން، ބްރެންޓްފޯޑާ އެއްވަރުވާން ދަނިކޮށް ކައި ހަވާޓްޒް ފަހު ވަގުތު ލަނޑު ޖަހައި އާސެނަލް އެއްވަނަ އަށް ލައި ދީފި އެވެ.
އާސެނަލް މެޗުން މޮޅު ނުވިނަމަ، އެންމެ ބޮޑަށް ވާހަކަ ދެކެވޭނީ ރަމްސްޑޭލް ހެދި ބޮޑު ގޯހުގެ ވާހަކަ އެވެ. އާސެނަލް އަށް މެޗުގެ 19 ވަނަ މިނެޓްގައި ޑެކްލަން ރައިސް ލީޑް ނަގައި ދިނެވެ.
އެކަމަކު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް، ބްރެންޓްފޯޑްގެ ޔޮއާން ވިސާ އަށް ލަނޑު ޖަހަން ފުރުސަތު ދިނީ ސީދާ ރަމްސްޑޭލް އެވެ.
އާސެނަލްގެ ޑިފެންޑަރުން ފަހަތަށް ދިން ޕާސް، ރަމްސްޑޭލް ދިފާއުކޮށް ކުރިއަށް ފޮނުވާ ނުލެވެނީސް ވިސާ ބޯޅަ އަށް އަރައި ގޯލް ޖެހި އެވެ.
މިކަލް އާޓެޓާގެ ޓީމު އެއްވަރު ވެގެން ނިމެން ބާކީ ހަތަރު މިނެޓަށް ތިރިވި އިރު ވެސް ބެލެވުނީ މެޗު ނިމޭނީ އެ ނަތީޖާގައި ކަމަށެވެ. އެކަމަކު އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ނާގާލާކަށް ހަވާޒް ބޭނުމެއް ނުވި އެވެ. 86 ވަނަ މިނެޓްގައި އޭނާ ލަނޑު ޖަހައި އާސެނަލް މެޗުން މޮޅުކޮށްދިނެވެވެ.
މިއީ އުތުރު ލަންޑަންގެ ޓީމުން ޕްރިމިއާ ލީގުގައި މޮޅުވެގެން ނިންމާލި ވިދިވިދިގެން އަށްވަނަ މެޗެވެ. މޮޅާ އެކު އާސެނަލް އެއްވަނައިގައި އޮތީ ކުރިން އެއްވަނައިގައި އޮތް ލިވަޕޫލަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ.
މިރޭ، ލިވަޕޫލުން ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ނިމެންދެން، އާސެނަލް އެއްވަނައިގައި އޮންނާނެ އެވެ.
ކެޕްޓަނާއި ރައިސް ނެތި ހޯދި މޮޅަށް އާޓެޓާގެ ތައުރީފު
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި
ޗެލްސީގައި އޮތް ހުރިހާ ގޯހެއް ނެރެ ދައްކައިފި
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލީގު ހޯދުމުގެ ހުރިހާ ސިފައެއް އާސެނަލްގައި އެބަހުރި
ލިވަޕޫލަށް މަގާމު ގެއްލިއްޖެ، ތަށި ނަގަނީ އާސެނަލްތަ؟
ވެސްޓްހޭމްއަށް ބޮޑު ބައްޔެއް، ސަޕޯޓަރުންނަށް ފޫހިކަން
އޮޑެގާޑްގެ އުފާފާޅުކުރުން މައްސަލައަކަށް ހަދައިފި