ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް މިއަދު ނިންމައިފި އެވެ.
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް މިއަދު ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ބުނީ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އިން ސާވޭގެ މަސައްކަތް މިއަދު ނިންމާފައިވާ ކަމަށެވެ.
އިގްތިސާދީ ހަރަކާތްތަކާ އެކު އައްޑޫގެ މަލަމަތި ބަދަލުކޮށްލަން ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.
"ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އަކީ މެދު އިރުމަތީގައި މިފަދަ މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
Arab Contractors commenced the initial surveying works for preparation of the preliminary design of the Hithadhoo-Hulhumeedhoo Bridge project on 6th March 2024.
— Ministry of Construction and Infrastructure (@MoCImv) March 10, 2024
The initial surveys will be concluded today. pic.twitter.com/xS48pb3B4U
ކުރިން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ދަ އަރަބް ކޮންޓްރެކްޓާސް އިން އެ މަސައްކަތް ހިލޭ ކޮށްދޭން ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އެކަމަކު މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗައިނާގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމަނުއްވައިފަ އެވެ.
ޗައިނާގެ ބޮޑެތި ކުންފުނިތަކުން ވެސް އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރި ކަމަށާއި އެކަމަކު އެ މަސައްކަތް އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރީ ސާވޭގެ މަސައްކަތުގެ އިތުރުން ފައިނޭންސް ހޯދައި މަސައްކަތް ހިންގާ ގޮތަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހުޅުމީދޫ އާއި ހިތަދޫން ބްރިޖު ގުޅުވައިލާނެ ސަރަހައްދެއް ވެސް ނިންމާނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެންނެވެ.
އައްޑޫ ބްރިޖުުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ
އައްޑޫ ބްރިޖު: މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެއްސުން
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑިން އެމްޑަބްލިއުއެސްސީއަށް
އައްޑޫ ކަރަންޓު މައްސަލައިގެ ކުއްލި މައްސަލަ ބޭރު!
ރަސްފަންނު އާންމުންނަށް ވަގުތީގޮތުން ހުޅުވާލައިފި
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑަށް 8 ލައްކަ ރުފިޔާ
އައްޑުއަށް 1.8މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެންދަނީ
އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި