Roadha Mihaaru
އީޕީއޭ އިން ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމަނާކޮށްފި

އީއައިއޭއާ ހިލާފަށް ހިންނަވަރު މަގު ހެދުމުން ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމަނާކޮށްފި

13 މާޗް 2024

ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާފައިވާ އީއައިއޭ ރިޕޯޓާ ހިލާފަށް ޅ. ހިންނަވަރު މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔަ މައްސަލާގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ބުނީ ހިންނަވަރުގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމް ކުރުމަށް އީޕީއޭއިން ފާސް ކޮށްފައިވާ އީއައިއޭގައިވާ ކޮންސެޕްޓްގައި ނުހިމެނޭ މަގުތަކެއްގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ބެލުމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި އީޕީއޭ ދެމެދު ބަދަލު ކުރެވުނު މައުލޫމާތުތަކުން ހިންނަވަރުގައި އީއައިއޭ އާ ހިލާފަށް އިތުރު މަގުތައް ހިދާފައިވާ ކަން އެ އެޖެންސީ އަށް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

އެ މަސައްކަތް އާރްޑީސީއާ ހަވާލު ކޮށްފައިވާ ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަމަށްވާތީ އެ މިނިސްޓްރީ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން އިއްޔެ ނިންމާފައިވާ ކަމަށާއި ކުރިޔަށް އޮތް 30 ދުވަސް ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ހިންނަވަރު މަގު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ 2022 ވަނަ އަހަރު ތެރޭގަ އެވެ. އެހެން ނަމަވެސް އެ މަސައްކަތް މަޑުޖެހިފައި ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު އަނެއްކާވެސް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަލުން ފެށި އެވެ.