Roadha Mihaaru
ހާއްސަ ފެއާތަކުން މޯލްޑިވިއަންގެ ޓިކެޓް އަގު ހެޔޮކޮށްފި

ހާއްސަ ފެއާތަކަކުން މޯލްޑިވިއަންގެ ޓިކެޓް އަގު ހެޔޮކޮށްފި

14 މާޗް 2024

ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ އެތެރޭގެ އުދުހުންތަކުގެ ހާއްސަ ފެއާތަކަކުން ޓިކެޓްގެ އަގު ހެޔޮކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ އެތެރޭގެ އުދުހުންތަކުގެ ހާއްސަ ފެއާތަކަކުން ޓިކެޓްގެ އަގު ހެޔޮކޮށްފި އެވެ.

ޕްރޮމޯޝަނަލް ފެއާތަކާ ގުޅޭގޮތުން މޯލްޑިވިއަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އާ ފެއާތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، މޯލްޑިވިއަނުން މިހާރު ދަތުރު ކުރާ 16 މަންޒިލަކަށް ޝެޑިއުލްގެ ތެރެއިން ވަކި ފްލައިޓުތަކުން އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އެވެ. އޭގެ ތެރޭގައި ހދ. ހަނިމާދު އާއި ސ. ގަމާއި ގދ. ކާނޑެއްދޫގެ އިތުރުން ޏ. ފުވައްމުލަކަށް ވެސް ޓިކެޓް އަގުހެޔޮކޮށް ވިއްކަން ވަނީ ނިންމައިފަ އެވެ.

އަގު ހެޔޮ ފެއާގައި، މާލެ އާއި ކޫއްޑޫއާ ދެމެދު އެއްކޮޅު ޓިކެޓްގެ އަގަކީ 1،111ރ. އެވެ. މާލެ އިން ހަނިމާދުއަށް އަދި ހދ. ކުޅުދުއްފުއްޓާއި ތިމަރަފުއްޓަށް ވެސް މި ފެއާގައި ދަތުރުކުރެވޭނެ އެވެ.

މާލެ އާއި ކައްދުއާ ދެމެދުގެ އަގަކީ 1،055ރ. އެވެ.

ނ. މާފަރާއި ރ. އިފުރަށް ފެއާގައި 999ރ. އަށް ދަތުރުކުރެވޭނެ އެވެ.

މާލެ އާއި އައްޑުއާ ދެމެދު ފެއާގެ އަގަކީ 1،222ރ. އެވެ. ފުވައްމުލަކާއި މާލެއާ ދެމެދު އަގު ހެޔޮ ފެއާގައި 1،155ރ. އަށް އެއްކޮޅު ޓިކެޓް ލިބޭނެ އެވެ.

މާލެ އާއި ފަރެސްމާތޮޑާއާ ދެމެދު ފެއާގެ އަގަކީ 1،133ރ. އެވެ. ހޯރަފުއްޓާއި މާލެއާ ދެމެދު ވެސް ޓިކެޓްގެ އަގަކީ 1،133ރ. އެވެ.

މާލެ އާއި ކާޑެއްދޫއާ ދެމެދު ފެއާގެ އަގަކީ 1،333ރ. އެވެ. ކޫއްޑު އާއި މާލެއާ ދެމެދު ފެއާގައި އެއްކޮޅު ޓިކެޓްގެ އަގަކީ 1،111ރ. އެވެ.

މޯލްޑިވިއަންގެ އަގު ހެޔޮ ފެއާތައް.

މޯލްޑިވިއަންގެ އަގު ހެޔޮ ފެއާތައް.

މޯލްޑިވިއަންއިން ބުނެފައިވަނީ ބ.ދަރަވަންދޫ އާއި ޅ. މަޑިވަރު އެއާޕޯޓުން މިހާރު ވެސް ޕްރޮމޯޝަނަލް އަގުތަކުގައި ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ.

އެ އަގުތަކުގައި ދަތުރުވެރިން ބޭނުންވާ ދަތުރުތައް ކަށަވަރު ކުރުމަށް ކުރިއާލައި ބުކިން ހެދުމަށް މޯލްޑިވއަން އިން ވަނީ އިލްތިމާސްކޮށްފަ އެވެ.