Roadha Mihaaru
މޯލްޑިވިއަންގެ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި

މޯލްޑިވިއަންގެ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް ދަތުރުތައް މިރޭ ފަށަނީ

07 ޖުލައި 2024

މޯލްޑިވިއަންގެ އެއާބަސް އޭ-320 އަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށް، އެ ބޯޓު މިއަދު މެންދުރު މާލެ ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވިއަންގެ އެއާބަސް އޭ-320 އަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށް، އެ ބޯޓު މިއަދު މެންދުރު މާލެ ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަންއިން ބުނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މެލޭޝިއާގައި ހުންނަ ސީޕެންގް އިންޖިނިއަރިންއިން ބޯޓަށް ބޭނުންވާ މެއިންޓަންސް އަދި ރިޕެއާގެ ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި މި ބޯޓު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި، ބޯޓުގެ ދަތުރުތައް މިރޭ ފަށާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންއިން ބުނީ މިރޭ 9 ޖަހާއިރު މި އެއާބަހުގައި ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.

މޯލްޑިވިއަން މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ނުވާތީ، ބަންގްލަދޭޝްގެ ޑާކާއަށް އިއްޔެ ކުރުމަށް ހަމަޖެހިފައި އޮތް ދަތުރު ވަނީ ކެންސަލް ކޮށްފަ އެވެ. މި ބޯޓަކީ މިދިޔަ މަހުގެ ތެރޭގައި މައްސަލައެއް ދިމާވެ ސާވިސް ކުރި ބޯޓެކެވެ.

މި ބޯޓުގެ ދަތުރުތައް އިއްޔެ ކެންސަލް ކޮށްފައި ވަނީ ސާވިސްއަށް ފަހު ޓެސްޓް ކުރުމުގެ ތެރޭގައި އިތުރު މައްސަލައެއް އުޅޭތީ ކަމަށް އެ ކުންފުނިން ބުންޏެވެ.