Roadha Mihaaru
ޗަމްޕާ ބްރަދާސްގެ ރޯދަ ހަދިޔާ އިތުރުކޮށްފި

ޗަމްޕާ ބްރަދާސްގެ ރޯދަ ހަދިޔާ އިތުރުކޮށްފި

18 މާޗް 2024

ޗަމްޕާ ބްރަދާސްގެ ފަރާތުން، މި ރޯދަމަހަށް ހާއްސަ ކޮށްގެން ދިވެހިންނަށް ބަހަން ނިންމި ތަކެތި އިތުރުކޮށްފި އެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން، މި ރޯދަމަހަށް ހާއްސަ ކޮށްގެން ދިވެހިންނަށް ބަހަން ނިންމި ތަކެތި އިތުރުކޮށްފި އެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން ރޯދަ ހަދިޔާގެ ގޮތުގުގައި އެންމެ ފުރަތަމަ ބަހަން ނިންމީ 50 ޓަނު ކަރާ އާއި 50 ހާސް ކާށި އަދި 10 ޓަނު ފިޔާ އެވެ. އެ ތަކެތި ބަހަން ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު، އެ ބެހުމުގެ މަސައްކަތް ކައުންސިލްތަކުން އަންނަނީ ކުރަމުންނެވެ.

ޗަމްޕާ ބްރަދާސް އިން މިއަދު ބުނިގޮތުގައި، މިހާރު ނިންމާފައިވަނީ މި ހަފުތާގެ ތެރޭގައި އިތުރު 25 ޓަނު ކަރާ އާއި 25 ހާސް ކާށި އަދި 10 ޓަނު އަލުވި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލުކުރާށެވެ. ހަދިޔާ އަށް އިތުރުކުރި ކަރާ އަދި ކާށި މިހާރު ހުރީ ރާއްޖޭގައި ކަމަށާއި 10 ޓަނު އަލުވި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް ބުންޏެވެ.

ރޯދަ ހަދިޔާ އަށް އިތުރުކުރި ބަޔާ އެކު، ޖުމްލަ 75 ޓަނު ކަރާ އާއި 75 ހާސް ކާށި އަދި 10 ޓަނު ފިޔާ އާއި 10 ޓަނު އަލުވި ޗަމްޕާ ބްރަދާސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ވަނީ ހަދިޔާ ކޮށްފަ އެވެ.

ޗަމްޕާ ބްރަދާސް އަކީ، ދިވެހިންގެ ލާބަ އާއި މަންފާއަށްޓަކައި އަދި ޖަމާއަތުގެ ތަރައްގީއަށްޓަކައި އެހީތަކެއް ވަމުންދާ ކުންފުންޏެކެވެ.