Roadha Mihaaru
ޗަމްޕާ ބްރަދާސްއިން ފިޒިއޯތެރަޕީ ސާމާނު ހަދިޔާ ކޮށްފި

ތިން ރަށަކަށް ޗަމްޕާ ބްރަދާސް އިން ފިޒިއޯތެރަޕީ ސާމާނު ހަދިޔާ ކޮށްފި

02 ޖުލައި 2024

ތިން ރަށެއްގެ ހޮސްޕިޓަލަށް ބޭނުންވާ ފިޒިއޯތެރަޕީ ސާމާނު ޗަމްޕާ ބްރަދާސް އިން މިއަދު ހަދިޔާ ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތިން ރަށެއްގެ ހޮސްޕިޓަލަށް ބޭނުންވާ ފިޒިއޯތެރަޕީ ސާމާނު ޗަމްޕާ ބްރަދާސް އިން މިއަދު ހަދިޔާ ކޮށްފި އެވެ.

އެ ތަކެތި ހަދިޔާކުރީ ހއ. ހޯރަފުއްޓާއި ޅ. ހިންނަވަރު އަދި ޅ. ކުރެންދު އަށެވެ.

ޗަމްޕާ ސެންޓްރަލްގައި ބޭއްވި ހަފުލާއެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު މުހައްމަދު މޫސާ (އުއްޗު) ގެ ދަރިކަނބަލުން ސާރާ މޫސާ އެވެ. އެ ސާމާނުތަކާ ހަވާލުވެވަޑައިގަތީ އެ ތިން ރަށުގެ ދާއިރާގެ މަޖިލިސް މެމްބަރުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މިއަދު ފިޒިއޯތެރަޕީ ސާމާނުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ފިޒިއޯތެރަޕީ ސާމާނު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް  ވާހަކަ ދައކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ފިޒިއޯތެރަޕީ ސާމާނު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަ ދައކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"ހަމަ އެކަނި އެ ރަށްރަށެއް ނޫން. އެ ރަށްރަށާއި ކައިރީގައި ދިރިއުޅޭ ރަށްތަކުގެ މީހުންނަށް ވެސް ފިޒިއޮތެރަޕީގެ ހިދުމަތްތައް މިހާރު ހޯދުމަށް ދުރު ތަންތަނަށް ދާން ޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމެއް މި ކަމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހަލީލް ވަނީ އެ ތަކެތި ހަވާލު ކޮށްދެއްވާފައި ވާތީ އުއްޗު އަށް ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.

ޗަމްޕާއިން ހަދިޔާކުރި ފިޒިއޮތެރަޕީ އިކުއިޕްމެންޓްތައް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޗަމްޕާއިން ހަދިޔާކުރި ފިޒިއޮތެރަޕީ އިކުއިޕްމެންޓްތައް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހަލީލް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރައިގެން ދިއުމަކީ އެކަމުގެ އުފާވެރިކަން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ވަރުގަދަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.