ބެޑްމިންޓަން އެސޯސިއޭޝަންގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭސީސީގެ ތަހުގީގީ ޓީމެއް، އެ އެސޯސިއޭޝަންގެ އޮފީހަށް ވަދެއްޖެ އެވެ.
19 މާޗް 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭސީސީގެ ތަހުގީގީ ޓީމެއް، އެ އެސޯސިއޭޝަންގެ އޮފީހަށް ވަދެއްޖެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ތެރެއިން އެ އެސޯސިއޭޝަންގެ ވެރިންގެ އަމިއްލަ ވިޔަފާރީ އަށް މަގުފަހިވާ ކަންކަން ކުރަމުންދާ ކަމުގެ ތުހުމަތު މީގެ ކުރިން ވެސް ކުރެވިފަ އެވެ. ބެޑްމިންޓަން ބޯޅަ (ޝަޓްލް)، ބީއޭއެމުން ގަންނަނީ، އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ "އަސްކަނި ސްޕޯޓްސް" ފިހާރައިންނެވެ.
އެ އެސޯސިއޭޝަނުން ކުއްޔަށް ހިފާފައިވާ ތަންތަން ވެސް، ވެރިންގެ އަމިއްލަ ގެތަކުން ކުއްޔަށް ނަގާފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން، މޫސަގެ އަސްކަނި ފިހާރައިން ބޯޅަ ގަންނަނީ އުސޫލާ އެއްގޮތަށް ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނަށް ކޮރަޕްޝަނުގެ އެތައް ތުހުމަތެއް https://t.co/KKEBYVblny
— Mihaaru (@Mihaarunews) March 2, 2024
ބީއޭއެމްއަށް ބޯޅަ ގަންނަނީ، މޫސަގެ ފިހާރައިން ތޯ އާއި އެކަން ކުރާ އުސޫލަކީ ކޮބައިތޯ، ސާފު ކުރަން "މިހާރު" އިން ފޮނުވި ސިޓީ އަށް ޖަވާބު ދެމުން އެ އެސޯސިއޭޝަނުން ބުނީ، ބޯޅަ ގަތުމުގެ އިތުރަށް ސްޕޮންސަރުންގެ އަތުން ވެސް ލިބޭ ބޯޅަ މުބާރާތްތަކުގައި ބޭނުން ކުރާކަމަށެވެ. ބޯޅަ ގަތުމުގައި ގޮންޖެހުންތައް އެބަ ހުރި ކަމަށް، އެސޯސިއޭޝަނުގެ ނައިބު ރައީސް އަހްމަދު ޝާކިރު މޫސާ ސޮއި ކުރައްވާފައިވާ ސިޓީގައި ބުނެފައި ވެއެވެ. އެ ދަތިތައް ހުރުމުން، ކަމާ ގުޅުން ހުރި އިދާރާތަކުން ލަފާ ހޯދައިގެން ކަމަށެވެ.
އޭސީސީން 2017 ގައި ވަނީ މޫސަގެ ފިހާރައިން ބޯޅަ ގަތުމުގައި މައްސަލައެއް ނެތް ކަމަށް ލަފާ ދީފަ އެވެ.
"އެ ފިހާރައިން (ބޯޅަ) ގަތުމަށް ފެންނަކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ލަފާދީފައިވާތީ މި މައްސަލާގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ގައި ބުނާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަހްގީގަށް ބެލެވެން ނެތުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީ އެވެ." 2017 ގައި އޭސީސީން ބެލި މައްސަލަތަކާ ގުޅޭ ގޮތުން އާންމު ކުރި ލިޔުމުގައި ބުނެފައި ވެއެވެ.
ދެ މުބާރާތަކަށް ރިވައިވަލް ފުރައިފި
މިކްސް ޑަބަލްސްއިން ލައިބާގެ ޕެއާއަށް ބްރޯންޒް މެޑަލް
ލައިބާއާއެކު ކިޔާންވެސް ޕޮލިޝް ބެޑްމިންޓަން ޕެސްޓިވަލަށް
ބީއޭއެމުން އެދުނު ވަގުތީ އަމުރު ކޯޓުން ނެރެނުދިން
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އިސްތިއުފާ ދީފި
ބީއޭއެމްގެ މައްސަލަ ރިވައިވަލްއިން ވޯލްޑް ފެޑެރޭޝަނަށް
ކޮރަޕްޝަންގެ ތުހުމަތަށް މޫސަގެ ފިހާރަ ވެސް ރެއިޑްކޮށްފި
އޭސީސީން ބަލަނީ ބީއޭއެމްގެ އިންތިހާބާ ގުޅޭ ކޮރަޕްޝަން