30 ސެޕްޓެމްބަރ 2021
އަންގާރަ ދުވަހު ލަންޑަނުގައި ޕްރީމިއާކުރި ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު ބޮންޑްގެ ރޯލަށް ޑެނިއަލް ކްރެއިގް އަލްވަދާއު ކިޔާފައިވީ ނަމަވެސް ދެން އެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މިހާރު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަަރުން ބުނެފި އެވެ.
އަންގާރަ ދުވަހު ލަންޑަނުގައި ޕްރީމިއާކުރި ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު ބޮންޑްގެ ރޯލަށް ޑެނިއަލް ކްރެއިގް އަލްވަދާއު ކިޔާފައިވީ ނަމަވެސް ދެން އެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މިހާރު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަަރުން ބުނެފި އެވެ.
ފިލްމުގެ ލަންޑަން ޕްރީމިއާގެ ކުރިން ހޯމަ ދުވަހު ބީބީސީ ރޭޑިއޯ 4 އަށް ދިން އިންޓަވިއުއެއްގައި ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ އާއި މައިކަލް ޖީ ވިލްސަލް ބުނީ ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މިހާރު ވިސްނަން ވެސް ބޭނުން ނުވާ ކަމަށެވެ.
"އެއީކީ މިހާރު އަހަރެމެން އެއްގޮތަކަށް ވެސް ވިސްނާ ކަމެއް ނޫން. އެހެންވީމަ އަހަންނަށް އަހަރުގެ ކުރިއަކުން ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރަކާ ބެހޭ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ވެސް ނޫން." ބާބަރާ ބުންޏެވެ.
We've been expecting you... Daniel Craig has arrived on the red carpet at the World Premiere of #NoTimeToDie at the @RoyalAlbertHall. pic.twitter.com/WhG226rKus
— James Bond (@007) September 28, 2021
އޭނާ ބުނި ގޮތުގައި މިހާރު ކުރަންވީ ކަމަކީ ބޮންޑްގެ ރޯލު ފަސް ފިލްމެއްގައި ކުޅުނު ޑެނިއަލް ކްރެއިގްގެ ކާމިޔާބީ ފާހަގަކޮށް، އެ ވާހަކަ ދެއްކުން ކަމަށެވެ.
ބާބަރާގެ ވާހަކަތަކަށް ތާއީދުކޮށް ޕްރޮޑިއުސަރު ވިލްސަލް ވެސް ވިދާޅުވީ ބޮންޑްގެ ގޮތުގައި ކްރެއިގް ކޮށްދިން ހިދުމަތް ބަލައިނަގެ، އެ ވާހަކަ ދައްކައި އޭނާ އަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށެވެ.
"ބޮންޑްގެ ރޯލަށް އޭނާ އާ ދިރުމެއް ގެނެސްދީފި. އެހެންވީމަ އޭނަ ނެތްތަން ފޫބެއްދުމަކީ ވެސް ވަރަށް ބޮޑު ކަމަކަށް ވާނެ." އޭނާ ވިދާޅުވި އެވެ.
ދެހާސް ހައެއްގެ "ކެސިނޯ ރޯޔޭލް" އިން ބޮންޑްގެ ރޯލާ ހަވާލުވުމަށް ފަހު، ކްރެއިގް އެ ކެރެކްޓާ އިން ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމަކާއި މަޝްހޫރުކަމެއް ހޯދާފައިވެ އެެވެ. އަދި އޭނާ ހޮލީވުޑްގެ އެންމެ އަގު ބޮޑު އެކްޓަރުންގެ ތެރޭގައި ވެސް ހިމެނުނީ ބޮންޑްގެ ރޯލާ އެކީގަ އެވެ.
"ނޯ ޓައިމް ޓު ޑައި" ނިންމައިލުމަށް ފަހު ކްރެއިގް ވަނީ އޭނާ އަށް އެ ރޯލު ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ވެސް ކަމަށް ބުނެފަ އެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން މީޑިއާތަކުގައި އަންނަނީ ކްރެއިގަށް ފަހު ބޮންޑްގެ ރޯލު ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން ބަހުސްތައް ކުރަމުންނެވެ. އެ ވާހަކަ ދެކެވެން ފެށީ ހަތަރު ވަނަ ފިލްމު 2015 ގެ "ސްޕެކްޓްރާ" އަށް ފަހު އެ ރޯލު ދޫކޮށްލަން ނިންމުމާ ގުޅިގެންނެވެ. އަދި ފަސް ވަނަ ފިލްމާ އޭނާ ހަވާލުވީ ޕްރޮޑިއުސަރުންގެ ވަރަށް ބޮޑު އާދޭހަކާ އެކު، ކުރިން ލިބުނު އަގަށް ވުރެ ބޮޑު ފީއަކާ ވެސް އެކީގަ އެވެ. ކްރެއިގް ބޮންޑްގެ ރޯލު ދޫކޮށްލާތީ ބައެއް އެކްޓަރުން އެ ރޯލަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވެ އެވެ. ޔަގީންވާ ކަމަކީ ބޮންޑްގެ ރޯލަކީ އަބަދު ވެސް އިނގިރޭސި އެކްޓަރުންނަށް ހާއްސަ ރޯލެއް ކަމެވެ.
މި ފަހުން އަޑުއަރާފައިވާ ގޮތުން ޓޮމް ހާޑީ އާއި އާއި ރިޗަޑް މެޑެން އާއި އިޑްރިސް އެލްބާ އާއި ޖޭމްސް ނޯޓަން އާއި ލޫކް އިވަންސް އާއި ހެންރީ ކެވިލް އާއި ރެގޭ ޖޯން ޕޭޖް ފަދަ އެކްޓަރުންނަކީ ބޮންޑްގެ ރޯލަށް ދެން އެންމެ ބޮޑަށް ވާދަކުރާނެ ތަރިންނެވެ.
Well … that kills that rumor! Daniel, mate, you’ll always be @007 to me. #NoTimeToDie . I’m IN. @reallorraine pic.twitter.com/JEmdH5IjtT
— Hugh Jackman (@RealHughJackman) September 27, 2021
މި ހަފުތާގައި މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބޮންޑްގެ ރޯލު ދެން ކުޅޭނީ ކާކުތޯ އެހުމުން ޖޯކަކަށް ހަދާފައި ކްރެއިގް ބުނެފައި ވަނީ އެއީ އޮސްޓްރޭލިއާގެ އެކްޓަރު އަދި ގާތް އެކުވެރިޔާ ހިއު ޖެކްމަން ކަމަށެވެ. ކްރެއިގްގެ އެ އިންޓަވިއުގެ ތަންކޮޅެއް ޖެކްމަން ޓްވިޓާގައި ވެސް ޕޯސްޓްކޮށް، އަބަދު ވެސް އޭނާ އަށް ބޮންޑަކީ ކްރެއިގް ކަމަށް ބުނެފައިވެ އެވެ.
ދާދި ފަހުން މީޑިއާތަކުގައި ދެކެވުނު އެއް ވާހަކަ އަކީ ބޮންޑްގެ ރޯލު ދެން ބަތަލާއަކާ ވެސް ހަވާލު ކޮށްފާނެ ކަމުގެ ވާހަކަ އެވެ. އެކަމަކު އެއީ ނުވާނެ ކަމެއްކަން ޕްރޮޑިއުސަރުން ކަށަވަރުކޮށް ދީފައިވެ އެވެ.
ކްރިސްޓަންގެ ހުވަފެނަކީ ބޮންޑްގެ ވިލަންއެއްގެ ރޯލު
"ނޯ ޓައިމް ޓު ޑައި" އިން ބަދަލެއް ގެނުވާނެ: ލަޝާނާ
ޖޭމްސް ބޮންޑްގެ ރޯލު އާރޮން އަށް ހުށަހަޅައިފި
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
ރަޔަން ވެސް ޖޭމްސް ބޮންޑްގެ ރޯލު ބޭނުން
"ފާސްޓް 10" ގައި ބައިވެރިވާން ރޮކަށް ދައުވަތު ދީފި
ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ގެ ޓީމް ޔޫއޭއީގައި
ރޮކްގެ "ސްކޯޕިއަން ކިންގް" ގެ ރިބޫޓް ވާޝަނެއް
ވަކީން ފީނިކްސްގެ "ނެޕޯލިއަން" އަށް ބޮޑު ތަރުހީބެއް
"ފާސްޓް 10" ގައި ޖޭސަން މޮމޯއާ ފެންނާނެ