ޑްރަގް އޮޕަރޭޝަނެއްގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ ރަޝީދުގެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
20 މާޗް 2024
ޑްރަގް އޮޕަރޭޝަނެއްގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ ރަޝީދުގެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އޮކްޓޫބަރު 25، 2022 ގައި ފުލުހުން ގދ. ހޯޑެއްދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއް ތެރެއިން ހައްޔަރުކުރި ރަޝީދު މަރުވީ އޭނާ މެޔަށް ތަދެއް އެރުމުން ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރުމުން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ. ފުލުހުންގެ ލޯންޗެއްގައި އެ ދުވަހު ގދ. މަޑަވެލީގެ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
މި މައްސަލާގައި ހިމެނޭ ފުލުހުންނަށް ދައުވާކުރަން ފޮނުވަން ނެޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމި ކަމަށް ބުނެފައި ވިޔަސް މިހާތަނަށް ދައުވާއެއް ނުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ މި މައްސަލައިގައި ދައުވާ ކުރުން ލަސްވަނީ ކޮން ސަބަބަކާ ގުޅިގެންތޯ ސުވާލުކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން އިހުސާން ވިދާޅުވީ މައްސަލާގައި އިންޓެގްރިޓީ ކޮމިޝަނުން ނިންމި ގޮތުގެ ރިޕޯޓު ހޯދަން އެދިފައިވާނެ ކަމަށެވެ.
އިހުސާން ވިދާޅުވީ، މައްސަލައާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް މައްސަލައެއް އޮތްތޯ ފުލުހުންގެ ތެރެއިން ބަލާފައިވާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަނުވާ ކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންނަކަށް ފާހަގަވެފައެއް ނެތް ފުލުހުން އެ އޮޕަރޭޝަންގައި އެވަގުތު އަމަލު ކޮށްފައި އިން ގޮތުގެ މައްސަލަތަކެއް. އެހެންނަމަވެސް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފާހަގަކުރާ ނަމަ ވަގުތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،" އިހުސާން ވިދާޅުވި އެވެ.
މި މަރުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އިމްރާން ވިދާޅުވެފައިވަނީ އަބްދުﷲ ރަޝީދުގެ މައްސަލަ އަށް ތަހުގީގީ ނަޒަރަކުން ބަލާ ނަމަ ރައްޔިތުންނަށް ފެނުނު ކަންކަމާ މުޅިން ތަފާތު މަންޒަރެއް ފެންނަ ކަމަށެވެ.
"2-3 ހަފުތާ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ"
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ފުލުހުންގެ ހިދުމަތް "ރީސެޓް"ކުރާ ކޮންފަރެންސް ފަށައިފި
"ޕޮލިސް ސްޓޭޝަނާއެކު ބަދަލުވަނީ ހިދުމަތުގެ ލޭންޑްސްކޭޕް"
އެލްއާރުއޭޑީ ކުރިން ވެސް ބޭނުންކުރި: އިހުސާން
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
"ނަޒާހަތްތެރިކަން ވިއްކާ ނުލައި ކަރާމާތް ދަމަހައްޓާ"
ސީޕީގެ މަގާމުގެ އިންޓަވިއު ނިންމައި މިނިސްޓަރަށް
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު ރިޓަޔާކުރައްވައިފި