Roadha Mihaaru
ޗައިނާގެ ކުންފުންޏަކާ އެކު ތިމަވެށީގެ އެއްބަސްވުމެއް

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްތަކެއް ކުރަން ޗައިނާ ކުންފުންޏަކާ އެކު އެއްބަސްވެއްޖެ

21 މާޗް 2024

ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓިޔަންޔިން އިންކް، (ސީއެންޓީވައި)އާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.

ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓިޔަންޔިން އިންކް، (ސީއެންޓީވައި)އާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވައިރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. ޗައިނާ ޓިޔަންޔިން އިންކް، (ސީއެންޓީވައި) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ސީއެންޓީވައި އިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ގައުމީ ތަރައްގީ އާއި ތިމާވެށީގެ ހިމާޔަތަށް ކުރިއަށް ގެންދާ ހައްސާސް މަޝްރޫއެއް ކަމަށެވެ.

ސީއެންޓީވައިގެ ރައީސް ކާއޮ ޑެބިއާއޮ ވަނީ ޗައިނާ އާއި ރާއްޖެއާއެކު ވީ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ސީއެންޓީވައި އިން، އެ ކުންފުނީގެ ސިނާއީ އަދި ޓެކްނޮލޮޖީ ގާބިލުކަން ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށް ވެސް ނިންމާފައިވެ އެވެ. އެގޮތުން ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނަޖީ މަޝްރޫއުގެ ފޭސް 1 އަދި 2 އަށް ޗައިނާ ޓިޔަންޔިން އިންކްގެ ފަރާތުން ސްޓޭކްހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.