އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގާނޫނީ ގޮތުން މިނިވަންކުރުމުގެ ވިސްނުމެއް މި ސަރުކާރުން އަދި ނުގެންގުޅޭ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
23 މެއި 2024
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގާނޫނީ ގޮތުން މިނިވަންކުރުމުގެ ވިސްނުމެއް މި ސަރުކާރުން އަދި ނުގެންގުޅޭ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގުޅިފަޅު ހިއްކުން ހުއްޓުވަންވެގެން ހައި ކޯޓުން ނެރުނު އަމުރު ބާތިލުކޮށް ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށްޓަކައި އީޕީއޭ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާކުރެވޭ ވަރަށް ފުދުންތެރިކުރުމަކީ އަދި އެތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުން މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ވަނީ އީޕީއޭ ގާނޫނީ ގޮތުން މިނިވަންކުރުމާ ގުޅޭ ގޮތުން މި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ.
ތޯރިގް ވިދާޅުވީ އީޕީއޭ އަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އެހެން ވަސީލަތްތައް ހޯދަައިދީ، އެ އެޖެންސީގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭ ކަމަށެވެ. އަދި ގާނޫނީ ގޮތުން މިނިވަން މުއައްސަސާއަކަށް އީޕީއޭ ނުވިޔަސް، އެ އެޖެންސީ އަކީ އަމިއްލަ މިނިވަންކަމާ އެކު މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިއެއް ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް،" ތޯރިގް ވިދާޅުވި އެވެ.
ޑިސެމްބަރު 2008ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފެއްދެވި އީޕީއޭ އިން ކުރަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަވާލުކޮށްފައި ހުންނަ މަސައްކަތްތަކެވެ. އަދި ތަންފީޒުކުރަނީ މިނިސްޓްރީން ހަދާފައި ދޭ ގަވާއިދުތަކެވެ. ގަވާއިދުތައް ހެދުމުގައި އެކި ސަރުކާރުތަކުން އެކި ކަންކަމުގައި އެކި މިންވަރަށް އީޕީއޭގެ މަޝްވަރާ އާއި ބައިވެރިވުން ހޯދަ އެވެ. ދުވަހުން ދުވަހަށް އީޕީއޭ ހިންގުމުގެ ތެރެއަށް މިނިސްޓަރު ވަދެ ނޫޅުނު ނަމަވެސް، ނިންމުންތަކަށް ފަހުބަސް ބުނުމުގެ ބާރު މިނިސްޓަރަށް އޮވެ އެވެ. އީޕީއޭ މިނިވަންކުރުން މާނަކުރެވެނީ މިކަން ބަދަލުކުރުމަށެވެ.
އީޕީއޭ މިނިވަންކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މަޝްވަރާތައް ކުރެވުނެވެ. އަދި އެއީ އެމަނިކުފާނު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރެއްވި އިރު ވައުދުވެވަޑައިގެންވި ކަމެކެވެ. ނަމަވެސް، އެ މަނިކުފާނުގެ ދައުރު ވެސް ނިމިގެން ދިޔައީ އެކަން ހާސިލު ނުވެ އެވެ.
އީޕީއޭގެ އެންގުމަށް ސަރުކާރުން އަމަލުކުރާނެ: މިނިސްޓަރު
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ޓޫރިޒަމާއި ތިމާވެށި އެއްކޮށްލުން: ރަނގަޅު ނިންމުމެއް؟
ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގު
ފެހުރިހި ބަލަންދާ ޓޫރިސްޓުންގެ ސަލާމަތަށް ހާއްސަ ކަމެއް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ޑެޕިއުޓީ މިނިސްޓަރު ރާގިބު މަގާމުން ވަކިކޮށްފި
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
އަޖުމަ ބެލުމުގެ ގޮތުން ސޯލާ ފެރީއެއް ބަނދެފި