24 މާޗް 2024
ކުރިން ބާއްވަން އުޅުނު ވީއޭއެމްގެ އިންތިހާބު ކެންސަލް ކުރުމަށް ފަހު އަލުން އާ އިންތިހާބަކަށް ހުޅުވާލުމުން މިފަހަރު ވެސް، މުހައްމަދު ލަތީފް ރައީސްކަމަށް ކުރިމަތިލައްވައިފި އެވެ.
ކުރިން ބާއްވަން އުޅުނު ވީއޭއެމްގެ އިންތިހާބު ކެންސަލް ކުރުމަށް ފަހު އަލުން އާ އިންތިހާބަކަށް ހުޅުވާލުމުން މިފަހަރު ވެސް، މުހައްމަދު ލަތީފް ރައީސްކަމަށް ކުރިމަތިލައްވައިފި އެވެ.
މި މަހު 19 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު ކެންސަލް ކުރީ، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ފާހަގަ ކުރި ކަންކަން ހައްލުކޮށްފައި ނޫނީ އިންތިހާބައިގެން ކުރިއަށް ނުދިއުމަށް އޭނާ އެންގުމުންނެވެ.
އިންތިހާބާ ގުޅިގެން އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުސިލުން، ވީއޭއެމްގެ މިހާރުގެ އެކްސްކޯއާ ބައްދަލުކޮށް ގޮތްތަކެއް ހަމަޖެހެން ދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް ތޮލާލް އެދިވަޑައިގަތެވެ. އެ ބައްދަލުވުން އެ އިދާރާތަކާ އެކު ވީއޭމުން ބާއްވައި ކަންބޮޑުވުން ހައްލު ކުރުމުން އިންތިހާބައިގެން ކުރިއަށް ދިއުމުގެ ހުއްދަ ސްޕޯޓްސް ކޮމިޝަނުން ދިނެވެ.
ވީއޭއެމުން އަލުން އިންތިހާބަކަށް ހުޅުވާލީ އެއަށް ފަހު އެވެ. ކުރިމަތިލުމުގެ ފުރުސަތު މިއަދު ދޭއް ޖެހުމުގެ ނިޔަލަށް ހަމަވި އިންތިހާބުގެ ކޮންމެ މަގާމަކަށް ވެސް ކުރިމަތިލެއްވީ އެއް ކެންޑިޑޭޓެވެ. އެ ފަހަރު ވެސް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން އަނެއްކާ ވެސް ވަނީ އެ މަގާމުތަކަށް ކުރިމަތި ލައްވައިފަ އެވެ.
ވީއޭއެމްގެ މިހާރުގެ އަސާސީގަވާއިދުގައި ހިންގާ ކޮމިޓީގައި 15 މެންބަރުން ތިއްބަވަ އެވެ. ކުރިން އެކްސްކޯގައި ތިބި ހަ މެންބަރުން ވެސް ދައުރު ނިމެންދެން ދެމި ތިބޭނެ އެވެ. އާ ގަވާއިދުގެ ދަށުން އެކްސްކޯ އަށް އިންތިހާބު ކުރާ އަނެއް ނުވަ މެންބަރުން އިންތިހާބު ކުރަނީ މިހާރު އޮތް ދައުރުގެ ބާކީ އޮތް އެއް އަހަރަށެވެ.
ރައީސްގެ މަގާމު ފިޔަވައި، މިފަހަރު އެކްސްކޯ އަށް ކުރިމަތިލާން ހުޅުވާލި މަގާމުތަކަކީ އާ ގަވާއިދުގެ ދަށުން އެކްސްކޯއަށް އިތުރު ކުރި މަގާމުތަކެވެ. ރައީސްގެ މަގާމަށް އިއުލާން ކުރީ، ކުރިން ރައީސްކަމުގައި ހުންނެވި މުހައްމަދު ރަނޭޝް މަގާމުން އިސްތިއުފާ ދިނުމުންނެވެ.
ރައީސް ކަމަށް ލަތީފް ކުރިމަތިލެއްވި އިރު ސީނިއާ ނައިބު ރައީސްކަމަށް ކުރިމަތި ލެއްވީ، ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. ވޮލީބޯލް ސެކްޝަންގެ ނައިބު ރައީސްކަމަށް، އަލީ ލަތީފު ވަނީ ކުރިމަތިލައިފަ އެވެ. އިދާރީ ނައިބު ރައީސަކަށް އިއްޒަތު ވަހީދު، އަންހެން ނައިބު ރައީސްކަމަށް އާއިދާ އަބްދުލް ހަކީމް ވަނީ ކުރިމަތިލައިފަ އެވެ. އެކްސްކޯގެ އަންހެން މެންބަރުކަމަށް ކުރިމަތިލީ އާއިޝަތު ފާތިނަތެވެ. އެކްސްކޯގެ އާންމު މެންބަރުންގެ ތެރެއިން ތިންވަނަ މެންބަރުގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)، އެކްސްކޯގެ އާންމު މެންބަރުގެ ހަތަރުވަނަ މަގާމަށް ސޮފްވާން އަހްމަދު އަދި ފަސް ވަނަ މެންބަރުގެ މަގާމަށް ޝިޔާމް އަލީ ވަނީ ކުރިމަތިލައިފަ އެވެ. އާ ހިންގާގަވާއިދުގެ 22 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުން މަގާމަކަށް އެންމެ ފަރާތެއް ކުރިމަތިލާފައި ވާނަމަ އެ ފަރާތެއް ހޮވޭނެ އެވެ. ނަމަވެސް މަގާމާ ރަސްމީކޮށް ހަވާލު ވާނީ އަންގާރަ ދުވަހުގެ ރޭ ބާއްވާ ކޮންގްރެސް އަށް ފަހު އެވެ.
ތިން އަހަރަށްފަހު ލަތީފް އަލުން ވީއޭއެމްގެ ރައީސްކަމަށް
ކުރިއަށް އޮތީ ރާއްޖޭގެ ވޮލީގެ އެންމެ މުހިންމު އަހަރު
ވޮލީގެ ބޮޑު ލީގެއްގެ މަސައްކަތް ބޭރު ކުންފުންޏަކާއެކު
ވޮލީގެ އިންތިހާބު ފަސްކޮށް އަލުން އިއުލާން ކޮށްފި
ވޮލީގެ އިންތިހާބުގެ ކަންކަން ބަލައި ނުގަންނަން: ތޮލާލް
އޮބްޒާވަރުން ނެތި ވޮލީގެ ކޮންގްރެސް ބާއްވައިފި
ވޮލީ އިންތިހާބު ނުބާއްވަން އޮތީ އަންގާފައި
ވީއޭއެމްގެ އާ ރައީސަށް ލިބޭނީ ބާކީއޮތް އެއް އަހަރު
ތާއީދުކުރަނީ 2025 ގައި ވޮލީގެ އިންތިހާބު ބާއްވަން
މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލުމަށްފަހު ރަނޭ ހަނު