26 މާޗް 2024
ކުރިމަތީގައި އޮތީ ރާއްޖޭގެ ވޮލީ އަށް އެންމެ މުހިންމު އަހަރުކަމަށް، ވީއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ކުރިމަތީގައި އޮތީ ރާއްޖޭގެ ވޮލީ އަށް އެންމެ މުހިންމު އަހަރުކަމަށް، ވީއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މިރޭ ވީއޭއޭއެމްގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަންނަވާ ލަތީފަށް، ލިބިވަޑައިގަންނަވަނީ މިހާރު ހިންގަމުންދާ ދައުރުގެ ބާކީ އޮތް އެއް އަހަރު އެކަންޏެވެ.
ވީއޭއެމްގެ ރައީސްކަން، 2016 އިން 2021 އަށް އަދާ ކުރި ލަތީފް ވިދާޅުވީ، ހިނގަމުންދާ ދައުރުގައި ބާކީ އެއް އަހަރު އޮތަސް، އެ މަގާމަށް ކުރިމަތިލާން ނިންމީ މިހާރު އޮތް މައްސަލަތަކުން އަރައިގަނެ ވޮލީ އަލުން ކުރިއަށް ހިނގައި ގަންންނާނެ ހާލަތެއް ގެނެސް ދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިމަތީގައި އޮތް އެއް އަހަރު މަސައްކަތްކޮށްގެން، ކުރިއަށް އޮތް ފަސް އަހަރުގައި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައެޅިދާނެ ކަމަށެވެ.
"މި ދައުރުގައި އެއް އަހަރު އޮތަސް އަޅުގަނޑު ދަންނަވާނީ މި އޮތް އެއް އަހަރަކީ ރާއްޖޭގެ ވޮލީބޯޅަ އަށް އެންމެ މުހިންމު އަހަރޭ،" ލަތީފް ވިދާޅުވި އެވެ.
"މި އެއް އަހަރު މަސައްކަތް ކޮށްގެން ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވޮލީގެ ސްޓްރެޓެޖިކް ޕްލޭނެއް އަޅުގަނޑުމެން އެކުލަވާލާނަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރަކީ ވޮލީބޯޅަ. ދެ ޖިންސުގެ ދިވެހިން އެންމެ ގިނައިން ކުޅޭ ކުޅިވަރަކީ ވޮލީ. އެހެންވީމަ އެބަ ޖެހޭ ވަގުތުތައް ބޭކާރުނުކޮށް ވިސްނުންތެރި ކަމާއެކު ވޮލީބޯޅައިގެ ހުރިހާ ސްޓޭކްހޯލްޑަރުގެ ބައިވެރިވުން ހޯދައިގެން ހޯދައިގެން ރަނގަޅު ޕްލޭނެއް ހަދަން، ރާއްޖޭގެ ވޮލީ ކުރިއަށް ގެންދަން.
"އެއް އަހަރު ފަހުން ލީޑާޝިޕް ބަދަލު ވިޔަސް ދެން އަންނަ ލީޑާޝިޕަކަށް ވެސް އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރެވޭނެ ވަރުގެ ޕްލޭނެއް ހެދުމުގައި މަސައްކަތް މި އަހަރު ކުރުން އެއީ ވަރަށް ބޮޑު އުންމީދެއް."
އިންތިހާބަށް ފުރަތަމަ ކުރި އިއުލާން ބާތިލުކޮށް، އަލުން ހުޅުވާލުމުން ވެސް ރައީސް ކަމަށް ކުރިމަތިލެއްވީ ލަތީފް އެކަންޏެވެ.
"އެހެން ކެންޑިޑޭޓަކު ވާދަ ނުކުރި ސަބަބަކަށް ވެދާނެ މި ދައުރުގައި ބާކީ އޮތް އެއް އަހަރު އެކަނި އޮތުމުން ކަމަށް ވެސް،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ހިނގަމުންދާ ދައުރު ނިމި އަންނަ އަހަރު އޭޕްރީލް މަހު ބާއްވާ އިންތިހާބުގައި ވާދަވެރިކަން ބޮޑު ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އާ ހިންގާގަވާއިދުގެ 22 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުން މަގާމަކަށް އެންމެ ފަރާތެއް ކުރިމަތިލާފައި ވާނަމަ އެ ފަރާތެއް ހޮވޭނެ އެވެ. މިރޭ، ވީއޭއެމުން ބާއްވާ ކޮންގްރެސް އަށް ފަހު އެ މަގާމާ ރަސްމީކޮށް ލަތީފް ހަވާލުވެ ވަޑައިގަންނަވާނެ އެވެ.
ވީއޭއެމްގެ ރައީސްކަމުގެ މަގާމު ގުސްވީ، އޭޕްރީލް 2021 ގައި އެ މަގާމަށް އިންތިހަބު ވި މުހައްމަދު ރަނޭޝް އިއުސްތިއުފާ ދިނުމުންނެވެ. މިރޭގެ އިންތިހާބުގައި އެކްސްކޯ އެހެން އަށް މަގަމަށް ވެސް މެންބަރުން އިންތިހާބު ކުރާނެ އެވެ. އެ މަގާމުތަކަށް ވެސް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ.
ކުރިން އިއުލާން ކުރި އިންތިހާބުގައި ވެސް ކުރިމަތިލި ކެންޑިޑޭޓުން ވަނީ ހަމަ އެ މަގާމުތަކަށް ކުރިމަތިލައިފަ އެވެ. އާ ގަވާއިދުގެދަށުން އެކްސްކޯގައި 15 މެންބަރުން ތިއްބަވާނެ އެވެ. އެއީ މިހާރު ތިއްބެވި ހަ މެންބަރުންނާ ވެސް އެކުގަ އެވެ. ފުރަތަމަ އިންތިހާބު ކެންސަލް ކުރީ، އެ އިންތިހާބުގެ މަސައްކަތް މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް އެންގުމުންނެވެ. ފަހުން އޭނާ ފާހަގަ ކުރި ކަންކަން ފުރިހަމަ ކުރުމަށް ފަހު ދެވަނަ ފަހަރަށް އިންތިހާބަށް އިއުލާން ކުރި އެވެ.
ސީނިއާ ނައިބު ރައީސްކަމަށް ކުރިމަތި ލެއްވީ، ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. ވޮލީބޯލް ސެކްޝަންގެ ނައިބު ރައީސްކަމަށް، އަލީ ލަތީފު ވަނީ ކުރިމަތިލައިފަ އެވެ. އިދާރީ ނައިބު ރައީސަކަށް އިއްޒަތު ވަހީދު، އަންހެން ނައިބު ރައީސްކަމަށް އާއިދާ އަބްދުލް ހަކީމް ވަނީ ކުރިމަތިލައިފަ އެވެ.
އެކްސްކޯގެ އަންހެން މެންބަރުކަމަށް ކުރިމަތިލީ އާއިޝަތު ފާތިނަތެވެ. އެކްސްކޯގެ އާންމު މެންބަރުންގެ ތެރެއިން ތިންވަނަ މެންބަރުގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)، އެކްސްކޯގެ އާންމު މެންބަރުގެ ހަތަރުވަނަ މަގާމަށް ސޮފްވާން އަހްމަދު އަދި ފަސް ވަނަ މެންބަރުގެ މަގާމަށް ޝިޔާމް އަލީ ވަނީ ކުރިމަތިލައިފަ އެވެ.
އެ ހުރިހާ ކެންޑިޑޭޓުން މިރޭ މަގާމާ ހަވަލު ވާނެ އެވެ.
ތިން އަހަރަށްފަހު ލަތީފް އަލުން ވީއޭއެމްގެ ރައީސްކަމަށް
ވީއޭއެމްގެ ރައީސްކަމަށް މިފަހަރުވެސް ކުރިމަތިލީ ލަތީފް
ވޮލީގެ ބޮޑު ލީގެއްގެ މަސައްކަތް ބޭރު ކުންފުންޏަކާއެކު
ވޮލީގެ އިންތިހާބު ފަސްކޮށް އަލުން އިއުލާން ކޮށްފި
ވޮލީގެ އިންތިހާބުގެ ކަންކަން ބަލައި ނުގަންނަން: ތޮލާލް
އޮބްޒާވަރުން ނެތި ވޮލީގެ ކޮންގްރެސް ބާއްވައިފި
ވޮލީ އިންތިހާބު ނުބާއްވަން އޮތީ އަންގާފައި
ވީއޭއެމްގެ އާ ރައީސަށް ލިބޭނީ ބާކީއޮތް އެއް އަހަރު
ތާއީދުކުރަނީ 2025 ގައި ވޮލީގެ އިންތިހާބު ބާއްވަން
މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލުމަށްފަހު ރަނޭ ހަނު