ވީއޭއެމްގެ ރައީސް ކަމަށް ތިންވަނަ ފަހަރަށް، މިހާރުގެ ވެސް ރައީސް މުހައްމަދު ލަތީފް ހޮވިއްޖެ އެވެ.
13 ފެބުރުއަރީ 2025
ވީއޭއެމްގެ ރައީސް ކަމަށް ތިންވަނަ ފަހަރަށް، މިހާރުގެ ވެސް ރައީސް މުހައްމަދު ލަތީފް ހޮވިއްޖެ އެވެ.
ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ވީއޭއެމްގެ ރައީސްކަމަށް ލަތީފް ވަޑައިގެންނެވީ މިދިޔަ އަހަރު ބޭއްވި އިންތިހާބުގަ އެވެ. އެއީ އޭރު ހިނގަމުން ދިޔަ ދައުރުގެ ރައީސް މުހައްމަދު ރަނޭޝް، މަގާމުން އިސްތިއުފާ ދިނުމުން އެ ދައުރުގެ ބާކީ އޮތް އެއް އަހަރުގެ މުއްދަތަށެވެ. އެ ދައުރު މި އަހަރުގެ އޭޕްރީލް މަހަށް ހަމަވާނެ އެވެ.
އޭރު އިންތިހާބު ބޭއްވީ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ފަހު، އެކްސްކޯ މަގާމުތަކުގެ އަދަދުވެސް އިތުރުކޮށްގެންނެވެ.
އެކްސްކޯގައި މިހާރު 15 މެންބަރުން ތިއްބަވަ އެވެ. އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ މަހުގެ 27 ގައި ހަމަވިއިރު އެކްސްކޯގެ އާންމު މެންބަރުންގެ މަގަމުތައް ފިޔަވައި ދެން އެހެން ކޮންމެ މަގަމަކަށް ކުރިމަތިލެއްވީ އެއް ކެންޑިޑޭޓެވެ. އާންމު މެންބަރުންގެ ގޮތުގައި ފަސް މެންބަރުން ހޮވަ އެވެ. ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އިންތިހާބުގައި އާންމު މެންބަރުންގެ މަގާމަށް ހަ ބޭފުޅަކު ވާދަކުރެއްވި އެވެ. އިންތިހާބު ނުވެ ކެޓީ ތަޖުރިރިބާކާރު ކޯޗު އަހްމަދު އަދީލު (ބޭބެ) އެވެ.
އެހެން މަގާމުތަކަށް އެއް ކެންޑިޑޭޓަކު ކުރިމަތިލެއްވުމުން އިންތިހާބަކާ ނުލައި އެ މަގާމުތަކަށް އެ ކެންޑިޑޭޓުން ވަނީ ހޮވިފަ އެވެ. ސީނިއާ ނައިބު ރައީސަކީ ތަޖުރިބާކާރު ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.
ކުރީގެ ގައުމީ ކޯޗު، ވީއޭއެމްގެ ނައިބުރައީސްކަމަށް އެންމެ ފުރަތަމަ އިންތިހާބު ކުރީ ނިމިދިޔަ ދައުރަށެވެ.
މުހައްމަދު ސާޖިދު (ސީނިއާ ނައިބު ރައީސް)
އިއްޒަތު ވަހީދު (ނައިބު ރައީސް އިދާރީ)
އަލީ ލަތީފް (ނައިބުރައީސް ވޮލީބޯލް)
އަބްދުﷲ ނަޝީދު (ނައިބުރައީސް ބީޗް ވޮލީ)
އާއިދާ އަބްދުލްހަކީމް (އަންހެން ނައިބުރައީސް)
ބޯޑްގެ އެހެން މެންބަރުން: މުހައްމަދު ޝަރަފް، މުހައްމަދު ފަހްމީ، އަހްމަދު ނަޝީދު (ތުއްތު ކޯ) ފަތުހުﷲ ވަހީދު (ފައްލޯ)، ސޮފްވާން އަހްމަދު، މުހައްމަދު ރާމިޒު
ސެކްރެޓަރީ ޖެނަރަލް: މުހައްމަދު ސައީދު
ހަޒާންދާރު: މުހައްމަދު ރާމިޒު
އަންހެން މެންބަރު: އާއިޝަތު ސަކީނަތު އިންތިހާބަށް ފަހު ލަތީފް ވިދާޅުވީ، ހަތަރު އަހަރުގެ މި ދައުރުގައި އެންމެ ބޮޑު އިސްކަމެއްދެއްވާނީ ވޮލީގެ ލޯންގްޓާމް ޕްލޭން ތަންފީޒު ކުރުމަށް ކަމަށެވެ. އަދި ޔޫތު ޑިވެލޮޕްމެންޓް ހަރުދަނާކޮށް ކޮންމެ ގައުމީ ޓީމެއްގައި ކުޅުންތެރިންގެ އިތުރު ޕޫލެއް އުފެއްދުމަށް މަސައްކަތް ކުރައްވާނެކަމަށް އޭޝިއާގެ ވޮލީ ކޮންފެޑެރޭޝަން (އޭވީސީ)ގެ ނައިބު ރައީސްކަމާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް (ކާވާ)ގެ ރައީސްކަން ވެސް ކުރައްވާ ލަތީފް ވިދާޅުވި އެވެ.
ވީއޭއެމްގެ ރައީސްކަމަށް ލަތީފް އެންމެ ފުރަތަމަ އިންތިހާބު ކުރީ 2016 ގަ އެވެ. އެކަމަކު އޭނާގެ ދައުރުގެ ވަކިހިސާބަކުން ކުރީގެ ސަރުކާރުން އޭނާގެ އެކްސްކޯގެ ދައުރުގެ ބާރު ކަނޑުވާލައި އެސޯސިއޭޝަންގެ ހިންގުން އޭރުގެ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް ނެންގެވި ކޮމިޓީއަކާ ހަވާލު ކުރި އެވެ. ނަމަވެސް ދުނިޔޭގެ ވޮލީގެ އިދާރާ (އެފްވީބީ) އިން އެ ނިންމުން ބަލައި ނުގަތެވެ. ވީއޭއެމްގެ އިންތިހާބު 2021 ގައި ބޭއްވީ ލަތީފް ރިޔާސަތުގައި ހުންނަވައިގެންނެވެ.
ތިން އަހަރަށްފަހު ލަތީފް އަލުން ވީއޭއެމްގެ ރައީސްކަމަށް
ކުރިއަށް އޮތީ ރާއްޖޭގެ ވޮލީގެ އެންމެ މުހިންމު އަހަރު
ވީއޭއެމްގެ ރައީސްކަމަށް މިފަހަރުވެސް ކުރިމަތިލީ ލަތީފް
ވޮލީގެ ބޮޑު ލީގެއްގެ މަސައްކަތް ބޭރު ކުންފުންޏަކާއެކު
ވޮލީގެ އިންތިހާބު ފަސްކޮށް އަލުން އިއުލާން ކޮށްފި
ވޮލީގެ އިންތިހާބުގެ ކަންކަން ބަލައި ނުގަންނަން: ތޮލާލް
އޮބްޒާވަރުން ނެތި ވޮލީގެ ކޮންގްރެސް ބާއްވައިފި
ވޮލީ އިންތިހާބު ނުބާއްވަން އޮތީ އަންގާފައި
ވީއޭއެމްގެ އާ ރައީސަށް ލިބޭނީ ބާކީއޮތް އެއް އަހަރު
ތާއީދުކުރަނީ 2025 ގައި ވޮލީގެ އިންތިހާބު ބާއްވަން