ވީއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އަންގާފައި ވަނިކޮށް އެ މަސައްކަތް ހުއްޓާނުލައި ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ވެސް ވީއޭއެމުން އިއުލާންކޮށްފި އެވެ.
10 މާޗް 2024
ވީއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އަންގާފައި ވަނިކޮށް އެ މަސައްކަތް ހުއްޓާނުލައި ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ވެސް ވީއޭއެމުން އިއުލާންކޮށްފި އެވެ.
ވީއޭއެމްގެ އިންތިހާބު، މި މަހު 15 ގައި ބޭއްވުމަށް އިއުލާން ކުރީ މި މަހު ތިންވަނަ ދުވަހު އެވެ.
އޭގެ ތިން ދުވަސް ފަހުން، ސްޕޯޓްސް ކޮމިޝަނާ މތޮލާލް ސޮއިކޮށް، ވީއޭއެމްއަށް އަންގާފައި ވަނީ އިންތިހާބާ ގުޅިގެން އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުސިލުން، ވީއޭއެމްގެ މިހާރުގެ އެކްސްކޯއާ ބައްދަލުކޮށް ގޮތްތަކެއް ހަމަޖެހެން ދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށެވެ.
"ވީމާ، ތިޔަ އެސޯސިއޭޝަންގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުންސިލް ހިމެނޭގޮތަށް ތިޔަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އާ އެކު ބައްދަލުވުމެއް ހަމަޖައްސައި ގޮތްތަކެއް ނިމެންދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލެއްވުން އެދެމެވެ،." ވީއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ސައީދަށް އެޑްރެސް ކުރައްވައި ސްޕޯޓްސް ކޮމިޝަނަރު ފިނުއްވި ސިޓީ ނިންމާލަމުން ލިޔުއްވާފައި ވެއެވެ.
ނަމަވެސް، އެ އެންގުމަށް ވީއޭއެމުން އިޖާބައެއް ނުދީ، އިންތިހާބީ މަސައްކަތް ދިޔައީ ކުރިއަށެވެ.
މި މަހު ތިންވަނަ ދުވަހު ވީއޭއެމުން ކުރި އިއުލާނަކުން ވަނީ މިދިޔަ ހަތަރު އަހަރުގެ އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފަ އެވެ. އެކަމަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ މިއަދެވެ.
މާދަމާ ރެއަށް އެކްސްޓްރާ އޯޑީނަރީ ކޮންގްރެސްއެއް ބާއްވަން، ވީއޭއެމުން މިހާރު އޮތީ އިއުލާންކޮށްފަ އެވެ. އެ ކޮންގްރެސްގައި މިދިޔަ ހަތަރު އަހަރުގެ އޮޑިޓް މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށާއި އޮޑިޓަރެއް ހަމަޖެއްސުން ވެސް އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
ވީއޭއެމްގެ އާ ގަވާއިދުން ވީއޭއެމްގެ އެކްސްކޯގެ އަދަދަކީ 15 އެވެ. އެ އެސޯސިއޭޝަނުން ކުރިން ބުނެފައި ވަނީ، މިހާރު އެކްސްކޯގައި ތިބި ހަ މެންބަރުން، އެ 15 މެންބަރުގެ އެކްސްކޯގައި ހިމެނޭނެ ކަމަށެވެ. މިހާރު އޮތް ދައުރުގައި އޮތީ ބާކީ އެއް އަހަރެވެ.
ބާކީ އޮތް އެއް އަހަރުގެ މުއްދަތައް، އެކްސްކޯ އިންތިހާބު ކުރަން ނުވަ މަގާމަކަށް ކުރިމަތިލާން ހުޅުވާލި އެވެ.
ކުރީގެ ގަވާއިދުގެ ދަށުން އޭޕްރީލް 2021 ގައި އިންތިހާބު ކުރި އެކްސްކޯއިން މަގާމު ހުސްވެފައި ވަނީ ރައީސްގެ މަގާމެވެ. އެ މަގާމުގައި ހުންނެވި މުހައްމަދު ރަނޭޝް ވަނީ އިސްތިއުފާ ދީފަ އެވެ.
މިއަދަށް މުއްދަތު ހަމަވި އިރު، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައި ވަނީ އެންމެ ކެންޑިޑޭޓެކެވެ. ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލާފައި ވަނީ މީގެ ކުރީ ދައުރުގެ ރައީސް މުހައްމަދު ލަތީފެވެ.
ސީނިއާ ނައިބު ރައީސްކަމަށް ކުރިމަތި ލެއްވީ، ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. ވޮލީބޯލް ސެކްޝަންގެ ނައިބު ރައީސްކަމަށް، އަލީ ލަތީފު ވަނީ ކުރިމަތިލައިފަ އެވެ. އިދާރީ ނައިބު ރައީސަކަށް އިއްޒަތު ވަހީދު، އަންހެން ނައިބު ރައީސްކަމަށް އާއިދާ އަބްދުލް ހަކީމް ވަނީ ކުރިމަތިލައިފަ އެވެ.
އެކްސްކޯގެ އަންހެން މެންބަރުކަމަށް ކުރިމަތިލީ އާއިޝަތު ފާތިނަތެވެ. އެކްސްކޯގެ އާންމު މެންބަރުންގެ ތެރެއިން ތިންވަނަ މެންބަރުގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)، އެކްސްކޯގެ އާންމު މެންބަރުގެ ހަތަރުވަނަ މަގާމަށް ސޮފްވާން އަހްމަދު އަދި ފަސް ވަނަ މެންބަރުގެ މަގާމަށް ޝިޔާމް އަލީ ވަނީ ކުރިމަތިލައިފަ އެވެ.
ވީއޭއެމްގެ އާ ހިންގާ ގަވާއިދުގެ 22 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުން މަގާމަކަށް އެންމެ ފަރާތެއް ކުރިމަތިލާފައި ވާނަމަ އެ ފަރާތެއް ހޮވޭނެ އެވެ.
ވީއޭއެމްގެ ރައީސްކަމަށް ތިންވަނަ ފަހަރަށް ލަތީފް
ތިން އަހަރަށްފަހު ލަތީފް އަލުން ވީއޭއެމްގެ ރައީސްކަމަށް
ކުރިއަށް އޮތީ ރާއްޖޭގެ ވޮލީގެ އެންމެ މުހިންމު އަހަރު
ވީއޭއެމްގެ ރައީސްކަމަށް މިފަހަރުވެސް ކުރިމަތިލީ ލަތީފް
ވޮލީގެ އިންތިހާބު ފަސްކޮށް އަލުން އިއުލާން ކޮށްފި
ވޮލީގެ އިންތިހާބުގެ ކަންކަން ބަލައި ނުގަންނަން: ތޮލާލް
އޮބްޒާވަރުން ނެތި ވޮލީގެ ކޮންގްރެސް ބާއްވައިފި
ވީއޭއެމްގެ އާ ރައީސަށް ލިބޭނީ ބާކީއޮތް އެއް އަހަރު
ވީއޭއެމްގެ ރައީސަކަށް ރަނޭ
"ބަޖެޓް ދެނީ ސަރުކާރުން، ޖަވާބުދާރީ ކުރެވެން ޖެހޭނެ"