Roadha Mihaaru
މޮރީނިއޯގެ ރުޅިގަނޑު ރޯމާގެ ޑައިރެކްޓަރަށް

މަގާމުން ވަކިކުރި މައްސަލާގައި މޮރީނިއޯގެ ރުޅިގަނޑު ރޯމާގެ ޑައިރެކްޓަރަށް

25 މާޗް 2024

ޕޯޓިމާއޯ، ޕޯޗުގަލް (މާޗް 25) - ރޯމާގެ ކޯޗުކަމުން އޭނާ ވަކި ކުރި މައްސަލާގައި، އެ ކްލަބްގެ ސްޕޯޓިން ޑައިރެކްޓަރު ތިއާގޯ ޕިންޓޯ އަށް ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯ ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.

ޕޯޓިމާއޯ، ޕޯޗުގަލް (މާޗް 25) - ރޯމާގެ ކޯޗުކަމުން އޭނާ ވަކި ކުރި މައްސަލާގައި، އެ ކްލަބްގެ ސްޕޯޓިން ޑައިރެކްޓަރު ތިއާގޯ ޕިންޓޯ އަށް ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯ ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.

މޮރީނިއޯ ބުނީ ވިދިވިދިގެން ދެ ސީޒަނުގައި ޔޫރަޕްގެ ދެ ފައިނަލަށް ދަތުރު ކުރި ކޯޗަކު ދެން ޖެހިގެން އައި ސީޒަންގެ މެދުތެރެއިން މަގާމުން ވަކި ކުރަން ޖެހުނު ސަބަބެއް ނޭނގޭ ކަމަށެވެ.

"ޔޫރަޕްގެ ފައިނަލަށް ވިދިވިދިގެން ދެ ފަހަރު ދަތުރު ކުރި ކޯޗަކު ދެން ޖެހިގެން އައި ސީޒަންގެ މެދުތެރެއިން މަގާމުން ވަކި ކުރަން ޖެހުނު ސަބަބު އޮޅުންނުފިލާ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ވަނީ 2022 ގައި ޔޫއެފާ ކޮންފަރެސް ލީގު ރޯމްގެ ކްލަބަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި މިދިޔަ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރު ކުރި އެވެ. ފައިނަލުގައި ސެވިއްޔާ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ތިއާގޯ ޕިންޓޯ

ތިއާގޯ ޕިންޓޯ

އެކަމަކު މި ސީޒަންގެ މެދުތެރެއިން، މިދިޔަ ޖެނުއަރީ މަހު، ރޯމާގެ ކޯޗު ކަމުން މޮރީނިއޯ ވަކި ކުރި އެވެ. އޭނާ މަގާމުން ވަކި ކުރީ އެ ކްލަބްގައި ގިނަ އަހަރުތަކެއް ވަންދެން ދެމިހުންނަން ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށެވެ. ކޯޗުކަން ހަވާޅު ކުރީ ކުރީގެ ކެޕްޓަން ޑެނިއަލް ޑި ރޮސީ އަށެވެ.

މިދިޔަ ހަފުތާގައި ސްކައި ސްޕޯޓްސް އިޓާލިއާ އަށް ދިން އިންޓަވިއުގައި ޕިންޓޯ ބުނީ މޮރީނިއޯ މަގާމުން ވަކި ކުރި ވާހަކަ އިއުލާން ކުރަން ޖެހުމުން އޭނާ އަށް ވަރަށް ބޮޑަށް އަުނދަގޫވި ކަމަށެވެ.

އެ އިންޓަވިއުއާ ބެހޭގޮތުން ސުވާލު ކުރުމުން މޮރީނިއޯ ބުނީ އޭނާގެ ވަގުތުން އެންމެ ސިކުންތެއް ވެސް އެ އިންޓަވިއު އަޑުއަހަން ހޭދަ ނުކުރާނެ ކަމަށެވެ. އަދި އޭނާ ދުވަހަކު ވެސް ޕިންޓޯ އާ އެކު އެހެން ކްލަބެއްގައި ވެސް މަސައްކަތް ނުކުރާނެ ކަމަށް ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ބުންޏެވެ.