ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު ތަފްސީލްތަކެއް އެބަހުރި ކަަމަށާއި މަޖިލީހުން އެދޭ ނަމަ ހާމަ ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
25 މާޗް 2024
ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު ތަފްސީލްތަކެއް އެބަހުރި ކަަމަށާއި މަޖިލީހުން އެދޭ ނަމަ ހާމަ ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޣައްސާން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ނަޝީދަށް ދިން ހަމަލާގެ ފުންމިނަށް މި ސަރުކާރުން ގޮސް، އިންސާފު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވިދާނެތޯ ސުވާލު ކުރައްވައިފަ އެވެ.
ޣައްސާން ވިދާޅުވީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުގެ ބައެއް އާ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މިހާރު ފެނިފައި ހުރި ކަންތައްތަކުން ބައެއް މައުލޫމާތު މި މަޖިލީހަށް ހަގީގަތުގައި މި މައްސަލައިގައި އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި. އެހެންނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާކުރެވޭނީ ތި ބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމާ،" މި މައްސަލައިގެ އިންކުއަރީ ކުރިއަށް ދިޔައިރު 241 ކޮމިޓީގައި ވެސް އިންނެވި ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ، ދިފާއީ ބާރުން ގާނޫނުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
މެއި 6، 2021 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅޭ އާ މައުލޫމާތު ހޯދަނީ
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
ބޮން ހަރުކުރި ސައިކަލު އެއްދުވަސް ކުރިން ބެހެއްޓި
މަޖިލީހުގެ ތަހުގީގުގައި މެމްބަރުން އެމްއެންޑީއެފްއަށް
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ވަކިވަކި ސިފައިން މަޖިލިހަށް ޖަވާބުދާރީއެއް ނުވާނެ
ބަންދުން ދޫކޮށްލި 5 މީހުންގެ މައްސަލަ އިސްތިއުނާފަށް
އެމްއެންޑީއެފްގެ އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފި
"މިހާރު" ގައި ލިޔުނު ރިޕޯޓްގެ މައްސަލަ ބަލަނީ
ސެކިއުރިޓީއަކީ ވަކި ގެޔަކުން ދެވޭ އެއްޗެއްނޫން: ނާޝިދު