Roadha Mihaaru
ވޯޓުލާ ތަން ބަދަލުވާ ނަމަ ރީރަޖިސްޓްރީވާން ހުޅުވާލައިފި

ވޯޓު ލާ ތަން ބަދަލުވާ މީހުން ރީރަޖިސްޓްރީވާން ހުޅުވާލައިފި

19 ފެބުރުއަރީ 2017

ތިން ވަނަ ފަހަރަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާ ތަން ބަދަލުވާ މީހުން ރީރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތިން ވަނަ ފަހަރަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާ ތަން ބަދަލުވާ މީހުން ރީރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ ރީރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ. މި މުއްދަތުގައި ރީރަޖިސްޓްރީ ވާން ޖެހޭނީ، ކުރިން ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީވެފައި ތިބި މީހުންގެ ތެރެއިން ވޯޓުލާ ތަން ބަދަލުވާ މީހުންނާއި އަލަށް ރަޖިސްޓްރީވާ މީހުން އެކަނި ކަމަށް އިލެކްޝަނުން ބުންޏެވެ.

އިންތިހާބަށް ދެ ފަހަރަށް ކަނޑައެޅި ތާރީހު ފަސްކޮށް އިންތިހާބު މިހާރު ބާއްވަން ނިންމާފައި ވަނީ އެޕްރީލް 15 ގަ އެވެ.

އޭޕްރީލް އަށެއްގައި ކުރިން ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ވޯޓުފޮށި ބެހެއްޓުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭގެ ކުރިން ޖެނުއަރީ މަހު ބާއްވަން އުޅުނު ލޯކަލް އިންތިހާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.