މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޝައްކު އުފެދޭ ބައެއް ވޯޓުފޮށިތައް، އަލުން ގުނުމުގެ މަސައްކަތް މިއަދު ކުރަނިކޮށް، އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި އެމްޑީޕީ އަދި އިދިކޮޅު ފަރާތްތަކުން ވެސް ހަދަނީ ދޮގު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
13 އެޕްރީލް 2021
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޝައްކު އުފެދޭ ބައެއް ވޯޓުފޮށިތައް، އަލުން ގުނުމުގެ މަސައްކަތް މިއަދު ކުރަނިކޮށް، އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި އެމްޑީޕީ އަދި އިދިކޮޅު ފަރާތްތަކުން ވެސް ހަދަނީ ދޮގު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ކައުންސިލް އިންތިހާބުގެ ވޯޓުފޮށިތަކެއް އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އީސީގެ އިންތިހާބު މަރުކަޒު ކައިރިއަށް މިއަދު މެންދުރު އެއްވެ އިހުތިޖާޖު ކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ފާޅު ކުރަމުންދިޔަ ކަންބޮޑުވުމަކީ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ނުކޮށް، އީސީން ބައެއް ވޯޓުފޮށިތައް ކަނޑައިގެން އަލުން ގުނަން މަސައްކަތް ކުރުމެވެ.
އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރިއަށް އިދިކޮޅުން އެއްވެ ތިއްބައި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އިސްވެރިންތަކެއް އެ ސަރަހައްދަށް ވަޑައިގަތުމާއެެކު، އިތުރަށް ހަމަޖެހުން ގޯސްވެ، ވަރަށް ބޮޑަށް މަސްލަހަތު ގޯސްވި އެވެ.
މި މައްސަލަ ހޫނުވެފައި ވަނިކޮށް، އީސީގެ މެންބަރުން ކުއްލި ގޮތަކަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ބައެއް ވޯޓުފޮށިތައް ކަނޑައި އަލުން ގުނަން ފެށީ އެއްވެސް ފަރާތަކުން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ނޫން ކަމަށެވެ. އެއީ އެ ކޮމިޝަނުން ނަތީޖާ ސާފުކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ބައެއް ކަންކަން ފާހަގަވުމާ ގުޅިގެން ކޮންމެހެން ބަލަންޖެހޭ ކަމަށް ނިންމައިގެން ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީގެ މެމްބަރުން މިއަދު ހަވީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެ ގޮތުން 18 ފޮއްޓެއްގައި ސާފު ކުރަންޖެހޭ ކަންކަން ހުރި ކަމަށާއި ނަމަވެސް މުޅި ފޮށި ހުޅުވައިގެން ފަހަރަކު ވޯޓެއް ގުނުމުގެ މަސައްކަތް ކުރާނީ ކެނޑިޑޭޓުންނާއި މަންދޫބުން އަދި އޮފިޝަލުން ކުރިމަތީގައި ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެކަން ހިނގަމުން ދިޔަ ވަގުތު ސިޔާސީ ޕާޓީތަކުގެ ވެރިން އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރިއަށް ގޮސް، ހަމަނުޖެހުންތަކެއް ވަނީ ހިންގައިފަ އެވެ. އެކަން ދިފާއުކޮށް އެ ޕާޓީތަކުން ދެއްކި ވާހަކަތަކަކީ ވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ވަކި ސިޔާސީ ޕާޓީއަކަށް ފައިދާ ހޯދައިދިނުމަށްޓަކައި، ވަކި ސިޔާސީ ޕާޓީއަކަށް އަޅުގަނޑުމެން ބައްދަލުކޮށް އެ މަޝްވަރާކޮށްފައެއް ނުވާނެ،" ޝަރީފު ވިދާޅުވި އެވެ.
އީސީގެ ރައީސް ޝަރީފު، ނޫސްވެރިންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އީސީގެ މެންބަރުން އިންތިހާބުގެ މަރުކަޒަށް މިއަދު ދިޔައިރު ގިނަ މީހުންތަކެއް އެތަނުގައި އެއްވެފައިވާ ކަމަށާއި ކުރިއަށް ގެންދަނީ ޝަކުވާއާ ގުޅިގެން ވޯޓުފޮށިތައް ބެލުމުގެ މަސައްކަތްތަކެއް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ވެރިންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރެއްވި ކަމަށް ޝަރީފު ވިދާޅުވި އެވެ.
"އެމްޑީޕީން އެތަނަށް އައީ ޕީޕީއެމްގެ ބޭފުޅުން ވޯޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނާތީ. ހަމައެއާއެކީ ޕީޕީއެމްގެ ބައެއް ބޭފުޅުން ވެސް އެބަ ބުނޭ އެ ބޭފުޅުން ވަޑައިގަތީ އެމްޑީޕީން ނަތީޖާ ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާތީ ކަމަށް. ދެ ފަރާތުން ދެއްކީ ވެސް ހަގީގަތާ ހިލާފު ވާހަކަތައް،" އީސީގެ ރައީސް ވިދާޅުވި އެވެ.
އިންތިޚާބު ބާއްވާ! އެކަމަކު ވޯޓެއް ނުލާނަން!
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ބޭނުމީ އީސީގެ ރައީސްކަމަށް ފުއާދު ގެންނަން: އިދިކޮޅު
އިންތިޚާބު ފަސްކުރަން ޖެހޭނަމަ ތާއީދު ކުރާނެ:އަދުރޭ
އިންތިހާބު ލަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ
އީސީގެ އަކްރަމަކީ އެމްޑީޕީގެ އެޖެންޓެއް: ޝުޖާއު
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
ވޯޓު ފޮށިތަކެއް އަލުން ގުނުމާ ދިމާކޮށް ހަމަނުޖެހުމެއް
ވަހީދާއި ޖަމީލް، ކެމްޕެއިނަށް ގޭގެ އާއި މާރުކޭޓަށް