މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން އެމްޑީޕީ އަށް 400 ގޮނޑި އަދި އެ ޕާޓީއާ އެންމެ ވާދަވެރި އިދިކޮޅު ޕީޕީއެމަށް 325 ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.
25 އެޕްރީލް 2021
މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން އެމްޑީޕީ އަށް 400 ގޮނޑި އަދި އެ ޕާޓީއާ އެންމެ ވާދަވެރި އިދިކޮޅު ޕީޕީއެމަށް 325 ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.
އެ ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި 804 ކެންޑިޑޭޓުންގެ ތެރެއިން ކާމިޔާބު ލިބިފައި ވަނީ 400 ކެންޑިޑޭޓަކަށް ކަމަށެވެ. ޕީޕީއެމުން 646 މަގާމަށް ވާދަކުރިއިރު ކާމިޔާބުކުރެވުނީ 325 ގޮނޑި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީން 115 މަގާމަށް ވާދަކޮށްގެން 23 ގޮނޑި، އަދާލަތު ޕާޓީން 28 ގޮނޑިއަކަށް ކުރިމަތިލައިގެން 11 މަގާމެއް އަދި އެމްޑީއޭ އިން 20 މަގާމަކަށް ވާދަކޮށްގެން 16 ގޮނޑި ކާމިޔާބުކުރި އެވެ.
އަމިއްލަ ގޮތުން 600 ކެންޑިޑޭޓުން ވާދަކުރި އެވެ. އޭގެ ތެރޭން ގޮނޑި ކާމިޔާބު ކުރެވުނީ 173 ކެންޑިޑޭޓުންނަށެވެ.
އެމްޑީޕީ އަށް 71 ރަށު ކައުންސިލްގެ މެޖޯރިޓީ، ޕީޕީއެމަށް 64 ރަށު ކައުންސިލް މެޖޯރިޓީ ލިބިފައި ވެ އެވެ. އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް 31 ރަށެއްގެ ކައުންސިލް މެޖޯރިޓީ، ޖުމްހޫރީ ޕާޓީ އަށް ތިން ރަށެއްގެ ކައުންސިލް އަދި އަދާލަތަށް އެއް ރަށެއްގެ ކައުންސިލް މެޖޯރިޓީ ލިބުނެވެ.
ޝަރީފް ވިދާޅުވީ ޖުމުލަ މަގާމުތަކުގެ ތެރެއިން އެމްޑީޕީއަށް 43 ޕަސެންޓް އަދި ޕީޕީއެމަށް 34.9 ޕަސެންޓް ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. ދެން އެންމެ ގިނަ މަގާމު ލިބިފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށެވެ. ޖުމުލަ ގޮނޑީގެ ތެރެއިން 18 ޕަސެންޓް ލިބިފައި ވަނީ އަމިއްލަ ގޮތުން ވާދާކުރި ކެންޑިޑޭޓުންނަށެވެ. ޖުމްހޫރީ ޕާޓީ އަށް ދެ ޕަސެންޓު، އެމްޑީއޭ އާއި އަދާލަތްށް އެއް ޕަސެންޓް ލިބިފައިވެ އެވެ.
އެމްޑީޕީ އަށް އައްޑު އާއި ފުވައްމުލައް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރުކަން ކާމިޔާބުކުރެވިފައިވެ އެވެ. އޭގެ އިތުރުން ސިޓީ ކައުންސިލްގެ 18 ގޮނޑި އާއި އަތޮޅު ކައުންސިލް ރައީސްގެ 11 ގޮނޑި އާއި ރަށު ކައުންސިލް ރައީސްގެ 71 ގޮނޑި އާއި ކައުންސިލް މެމްބަރުންގެ ގޮތުގައި 155 މަގާމު އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ 142 ގޮނޑި ލިބިފައިވެ އެވެ.
އިދިކޮޅު ޕީޕީއެމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާ އެކު ސިޓީ ކައުންސިލްގެ 16 މަގާމާއި އަތޮޅު ކައުންސިލް ރައީސްގެ ހަތް މަގާމަކާއި 51 ރަށެއްގެ ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެމްބަރުންގެ 121 ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ 139 ގޮނޑިއެއް ކާމިޔާބުކުރެވިފައިވެ އެވެ.
ޖޭޕީއަށް ސިޓީ ކައުންސިލްގެ އެއް ގޮނޑި އާއި ތިން ރަށެއްގެ ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެމްބަރުންގެ ހަތް ގޮނޑި އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ 15 ގޮނޑި ލިބިފައިވެ އެވެ.
އެމްޑީއޭ އިން ރަށު ކައުންސިލް ރައީސްގެ ތިން މަގާމަކާއި ކައުންސިލް މެމްބަރުންގެ ފަސް ގޮނޑިއެއް އަދި އަންހެނުންނަށް ހާއްސަ އަށް ގޮނޑިއެއް ކާމިޔާބުކުރި އެވެ.
އަދާލަތުން ކައުންސިލް ރައީސްގެ ތިން ގޮނޑިއަކާއި ކައުންސިލް މެމްބަރުގެ ފަސް ގޮނޑިއަކާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ފަސް ގޮނޑި ކާމިޔާބުކުރި އެވެ.
އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓަކު ވަނީ ސިޓީ ކައުންސިލްގެ ތިން ގޮނޑި އާއި ރަށު ކައުންސިލްގެ ރައީސްގެ 37 ގޮނޑި އާއި ކައުންސިލް މެމްބަރުންގެ 71 ގޮނޑި އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ފަސް ގޮނޑި ކާމިޔާބުކޮށްފަ އެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 2،234 ކެންޑިޑޭޓުން ވާދަކުރި އެވެ. ޝަރީފް ވިދާޅުވީ މިއީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކޮށްގެން ބޭއްވި އިންތިހާބު ކަމަށެވެ.
މުޅި ރާއްޖޭގައި ޖުމްލަ 68 ޕަސެންޓް މީހުން އިންތިހާބުގައި ވޯޓުލާފައިވެ އެވެ. މާލޭގައި ވޯޓުލާން ނުކުތީ ޝަރުތުހަމަވާ މީހުންގެ 39 ޕަސެންޓެވެ.
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
އިންތިޚާބު ބާއްވާ! އެކަމަކު ވޯޓެއް ނުލާނަން!
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
"ހަމަނުޖެހުން ހިނގީ ވޯޓު ގުނަން ހުރަސް އެޅުމުން"
އެހެން ދާއިރާއެއްގެ ބަޔަކު ވޯޓުދިން ކަމުގެ ޝަކުވާއެއް
އެމްޑީޕީގެބާރު އޮތް އިހަވަންދޫ ވެސް ޕީޕީއެމަށް
އެމްޑީޕީގެ ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފި
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
ތިނަދޫކައުންސިލަށް ފުރަތަމަ ފަހަރަށް ޕީޕީއެމް މެމްބަރުން
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު