Roadha Mihaaru
ކުޑަހުވަދޫ ފަޅުތެރެއަށް ގެނބުނު މީހަކު މަރުވެއްޖެ

ކުޑަހުވަދޫ ފަޅުތެރެއަށް ގެނބުނު މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2020

ދ. ކުޑަހުވަދޫ ފަޅުތެރެއަށް މިއަދު ހަވީރު ގެނބުނު މީހަކު މަރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދ. ކުޑަހުވަދޫ ފަޅުތެރެއަށް މިއަދު ހަވީރު ގެނބުނު މީހަކު މަރުވެއްޖެ އެވެ.

ކުޑަހުވަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ހުޅަނގު ފަރާތު މޫދުގައި މަރުވެފައި އޮއްވައި ފެނުނީ ހީނާމާގޭ، ހުސައިން ރަޝީދު 55، ކަމަށެވެ.

ކުޑަހުވަދޫ ކައިރީގައި އޮންނަ ރިއު މޯލްޑިވްސްގައި މަސައްކަތް ކުރާ ހުސައިން އަކީ ސިއްހީ ބޮޑު މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށާއި މިއަދު ހަވީރު ގެއިން ނުކުތީ ކަސްރަތަށް ކަމަށް ވެސް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 6:00 ހާއިރު ކުޑަހުވަދޫ ހުޅަނގު ފަރާތު މޫދުގައި އުމުރުން 55 އަހަރުގެ މީހަކު ގެނބިފައި އޮއްވައި ފެނިގެން އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ މީހާ، މިރޭ އިރުއޮއްސި 6:45 ހާއިރު މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ހުސައިންގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.