Roadha Mihaaru
ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް

ރާއްޖޭގެ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި އުޅަނދެއް ދައުލަތަށް ނަގަން އަމުރުކޮށްފި

16 އެޕްރީލް 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ސްރީ ލަންކާގެ އުޅަނދެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ސްރީ ލަންކާގެ އުޅަނދެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި ލަންކާގެ އުޅަނދެއް ކަމަށްވާ "ސުދިސަ ޕުތަ 2" އުޅަނދު ހިފެހެއްޓުމަށް ފަހު، އެ އުޅަނދުގެ ވެރިފަރާތް 700،000ރ. އިން ޖޫރިމަނާ ކުރުމުގެ އިތުރުން އެ އުޅަނދު ދައުލަތަށް ނަގަން ކޯޓުގައި އެދުނީ ދައުލަތުންނެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަ ނީ އެ އުޅަނދުގެ ވެރިފަރާތް 700،000ރ. އިން ޖޫރިމަނާކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް އެ ފައިސާ އިއްޔެ އިން ފެށިގެން ދެ ހަފުތާގެ ތެރޭގައި ސިވިލް ކޯޓަށް ދައްކަން އަންގާ ކަމަށެވެ.

އެ އުޅަނދާއި އެ އުޅަނދުގައި ހުރި ހުރިހާ އާލާތްތަކާއި ވަސީލަތްތައް ވެސް ދައުލަތަށް ނެގުމަށް އަމުރުކުރާ ކަމަށް، ޣައިރު ހާޒިރުގައި ކުރި އެ ހުކުމުގައިވެ އެވެ.

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ޖޫރިމަނާ ކުރުމުގެ އިތުރުން އެފަދަ އުޅަނދުތައް ދައުލަތަށް ނެގުމުގެ ފުރުސަތު އޮވެ އެވެ.