އދ.ގެ ފުރިހަމަ މެންބަރެއްގެ ދަރަޖަ ފަލަސްތީނަށް ހޯދައިދޭން ކުރާ މަސައްކަތް އަނެއްކާވެސް ނާކާމިޔާބުކޮށްލުމުން އެކަމުގެ މާޔޫސްކަން ރާއްޖޭން ހާމަކޮށްފި އެވެ.
އދ.ގެ ފުރިހަމަ މެންބަރެއްގެ ދަރަޖަ ފަލަސްތީނަށް ހޯދައިދޭން ކުރާ މަސައްކަތް އަނެއްކާވެސް ނާކާމިޔާބުކޮށްލުމުން އެކަމުގެ މާޔޫސްކަން ރާއްޖޭން ހާމަކޮށްފި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި މެދުއިރުމަތީގެ ހާލަތާ ގުޅޭގޮތުން ރޭ ކުރިއަށްދިޔަ ކުއާޓާލީ އޯޕަން ޑިބޭޓްގައި ރާއްޖޭން ވަނީ ފަލަސްތީނު އދ.ގެ ފުރިހަމަ މެމްބަރު ގައުމަކަށްވުމަށް ކުރަމުން ގެންދާ މަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަށް އދ.ގެ 192 މެމްބަރު ގައުމަށް ގޮވާލައިފަ އެވެ.
މީގެއިތުރުން ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ހާރިޖީ ގުޅުންތަކާބެހޭ ޕްރިންސިޕަލް ސެކްރެޓަރީ މުހައްމަދު ނަސީރު ވަނީ އިޒްރޭލުން އދ.ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ، ފަލަސްތީނުގެ އެތަކެއް ހާސް ރައްޔިތުންނަށް އަނިޔާދެމުންދާ ކަން ފާހަގަކުރައްވައިފަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން މި މައްސަލައަށް ހައްލެއް ގެނެވިފައިނުވާކަން ފާހަގަކުރައްވައި، ނަސީރު ވަނީ އެ މަޖިލީހުން މިކަމަށް ފިޔަވަޅު އެޅުމާ އެކު އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ގޮވާލައްވައިފަ އެވެ.
ރައީސް އޮފީހުގެ ހާރިޖީ ގުޅުންތަކާބެހޭ ޕްރިންސިޕަލް ސެކްރެޓަރީ މުހައްމަދު ނަސީރު ރޭ އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްތީނުގެ ހައްގުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
ނަމަވެސް، ފަލަސްތީނަށް އދ.ގެ މެމްބަރުކަން ދިނުމަށް އާންމު މަޖިލީހާ ހިސާބަށް ދިއުމުގެ ކުރިން އެމެރިކާއިން މިއަދު ވަނީ ސަލާމަތީ މަޖިލީހާ ހިސާބުން ވީޓޯ ބޭނުންކޮށްގެން ހުއްޓުވައިފަ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ވިދާޅުވީ ފަލަސްތީނަށް އދ.ގެ މެމްބަރުކަން ދިނުމަށް ސަލާމަތީ މަޖިލީހުން ދެކޮޅު ހެދުމަކީ ރާއްޖެއަށް ލިބުނު ބޮޑު މާޔޫސްކަމެއް ކަމަށެވެ.
The #Maldives is once again disheartened by the decision of the #UNSC to deny the application of #Palestine to become a full member of the #UN.
— Moosa Zameer (@MoosaZameer) April 19, 2024
We stand with more than 140 UN Member States to support the Palestinian cause and their application to become a full member of the UN.…
އަދި ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ހޯދައިދޭން، އދ.ގެ 140 މެމްބަރު ގައުމުތަކާ އެކު ރާއްޖޭން ސާބިތުވެ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންސާފާއި އެންމެންނަށް ހަމަހަމަކަން ދިނުމުގެ އުސޫލުތައް އދ. އިން ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.
މީގެއިތުރުން، މި މައްސަލާގެ ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަން ރާއްޖޭން ގޮވާލައި ގޮވާލުން އޭނާ މިއަދު ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.
ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުމަށް ލަފާ ދޭން ސަލާމަތީ މަޖިލީހުގެ 12 ގައުމަކުން ތާއީދުކުރި އިރު އިނގިރޭސި ވިލާތާއި ސްވިޓްޒަލެންޑުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
މި ހުށަހެޅުން އެމެރިކާއިން ފެއިލްކޮށްލުމާ އެކު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން ވަނީ މިއީ ފަލަސްތީނާ ދެކޮޅަށް ދެއްކި ވަރަށް ބޮޑު އަނިޔާވެރިކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މިފަދަ ނިންމުންތަކުގެ ސަބަބުން ސަރަހައްދުގެ އަމާންކަން އިތުރަށް ގެއްލުމަށް މަގުފަހިވާ ކަމަށް ވެސް ބުންޏެވެ.
ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނުން ވަނީ ފުރިހަމަ މެމްބަރުކަން ހޯދުމަށް އަހަރުތަކެއް ވަންދެން ލޮބީކޮށްފަ އެވެ. އެއީ ފުރިހަމަ މެންބަރުކަން ހޯދަން 2011 ވަނަ އަހަރު ހުށަހެޅުމުން އެކަމާ މެދު މިހާތަނަށް ވެސް އެއްވެސް ނިންމުމެއް ނުނިންމާ ބޭއްވުމަށް ފަހު އެވެ.
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
ޣައްޒާއިން މީހުން ބޭލުމުގެ ވިސްނުން ކުށްވެރިކޮށްފި
ޣައްޒާގެ ހައްގުގަ އަރަބިން ތެދުވުމުން ރާއްޖޭން މަރުުހަބާ
އަގްސާ މިސްކިތަށް އިޒްރޭލުން ވަދެގަތުން ކުށްވެރިކޮށްފި
"ފަލަސްތީން ސަލާމަތްކުރެވޭނީ ގާނޫނު ތަންފީޒުކޮށްގެން"
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
ޓެލެތޯނުން ލިބުނު 19މިލިއަން މިނިސްޓްރީއާ ހަވާލުކޮށްފި
ޒަމީރު، ގުޓެރޭސްއާ ބައްދަލުކުރައްވައިފި
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ