Roadha Mihaaru
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީން ހޯދައިފި

21 އެޕްރީލް 2024

އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން މާލެ އާއި އެކި ރަށްރަށުގައި ދެންމެ ފަށައިފި އެވެ.

އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން މާލެ އާއި އެކި ރަށްރަށުގައި ދެންމެ ފަށައިފި އެވެ.

މިއަދުގެ ވޯޓުލުން ހެނދުނު 8 އިން ހަވީރު 5:30 ވަންދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންދާނެ އެވެ.

އެ ކޮމިޝަނުން ރޭ ބުނެފައި ވަނީ ވަގުތު ހަމަވުމަށް ފަހު، ވޯޓުލާން އެންމެ މިނިޓެއް ވެސް ނުދޭނެ ކަމަށެވެ. އެހެންވެ، ހުރިހާ އެންމެން ވެސް އޭގެ ކުރިން ނުކުމެ ވޯޓުލުމަކީ އީސީގެ އެދުމެކެވެ.

މި ފަހަރުގެ މަޖިލިހަށް 93 ކެންޑިޑޭޓުން ހޮވަން ޖެހޭއިރު 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން 130 ކެންޑިޑޭޓަކު ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. ވޯޓުލެވޭ އާބާދީއަކީ 284،663 އެވެ. އެއީ 145،302 ފިރިހެނުންނާއި 139،661 އަންހެނުންނެވެ. އީސީ އިން ބުނެފައިވާ ގޮތުގައި މި އިންތިހާބަށް ވަނީ 287،462 ކަރުދާސް ޗާޕުކޮށްފަ އެވެ.

އެ ކޮމިޝަނުން ބުނެފައި ވަނީ ކަޅު، ނުވަތަ ނޫކުލައިގެ ގަލަމެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒަށް ނުވެއްދޭނެ ކަމަށެވެ. ފޯނާއި އަތްދަބަސް ފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުން ވަނީ މަނާކޮށްފަ އެވެ.