Roadha Mihaaru
ސަލީމްގެ ދެބަފައިން ގޮނޑި ކާމިޔާބު ކުރައްވައިފި

ސަލީމާއި ދަރިފުޅު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައިފި

21 އެޕްރީލް 2024

އޭދަފުށީ ދާއިރާ އަށް ވާދަކުރެއްވި ރެޑްވޭވް އަހުމަދު ސަލީމް އާއި މުލަކު ދާއިރާ އަށް ވާހަކުރެއްވި ސަލީމްގެ ދަރިފުޅު އިބްރާހިމް ނައުފަލް މަޖިލީހުގެ ގޮނޑި މިއަދު ކާމިޔާބުކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޭދަފުށީ ދާއިރާ އަށް ވާދަކުރެއްވި ރެޑްވޭވް އަހުމަދު ސަލީމް އާއި މުލަކު ދާއިރާ އަށް ވާހަކުރެއްވި ސަލީމްގެ ދަރިފުޅު އިބްރާހިމް ނައުފަލް މަޖިލީހުގެ ގޮނޑި މިއަދު ކާމިޔާބުކުރައްވައިފި އެވެ.

މިހާރު ވެސް މަޖިލީހުގެ ޕީޕީއެމް/ޕީއެންސީގެ ގޮނޑި ފުރުއްވަމުން ގެންދަވާ ސަލީމް އާއި ދަރިކަލުން ވެސް މިފަހަރު ވާދަކުރެއްވީ ޕީއެންސީ ޓިކެޓްގަ އެވެ. ސަލީމްގެ ޕީޕީއެމްގެ ޕީޖީ ލީޑަރެވެ.

ސަލީމްގެ ދަރިފުޅު އިބްރާހިމް ނައުފަލް ކެމްޕޭންގައި.-- ފޮޓޯ: ޕީއެންސީ

ސަލީމްގެ ދަރިފުޅު އިބްރާހިމް ނައުފަލް ކެމްޕޭންގައި.-- ފޮޓޯ: ޕީއެންސީ

ސަލީމް މެދުނުކެނޑި އޭދަފުށި ދާއިރާގެ ގޮނޑި ފުރުއްވާތާ 15 އަހަރު ވެއްޖެ އެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބު އޭނާ މިއަދު ކާމިޔާބު ކުރެއްވުމުން، އަންނަ ދައުރަކީ މަޖިލިހުގައި އޭނާ ހުންނަވާނެ ހަތަރު ވަނަ ދައުރެވެ.

ސަލީމް ގޮނޑި ދިފާއުކުރެއްވީ ފަސް ކެންޑިޑޭޓުންނާ ވާދަ ކުރައްވައި 65 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ސަލީމްގެ ދަރިފުޅު އިބޫ މުލަކު ދާއިރާ ކާމިޔާބު ކުރެއްވީ 57 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އެ ދާއިރާއަށް ތިން ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.