ރާއްޖޭގެ ޝަރުއީ ދާއިރާއާ މެދު އާންމު ރައްޔިތުންގެ އިތުބާރު ހޯދުމުގައި އެ ދާއިރާ ވަނީ ނުކުޅެދި ފެއިލްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާއާ މެދު އާންމު ރައްޔިތުންގެ އިތުބާރު ހޯދުމުގައި އެ ދާއިރާ ވަނީ ނުކުޅެދި ފެއިލްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް މިނިސްޓްރީތަކުގެ މަސައްކަތަށް ރައީސް ޔާމީން ގެންނެވި ބަދަލުތަކާ ގުޅޭ ގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އެމްޑީޕީގެ މެންބަރުން މައިގަނޑު ގޮތެއްގައި ފާޑު ވިދާޅުވީ، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު، މަގާމުގެ މަސްއޫލިއްޔަތުތަކުން ވަކިކޮށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްޗަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އެ އަމުރުގައި ބުނެފައިވަނީ ގާޒީ މަރްޔަމް ވަހީދުގެ ކިބައިން، ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށާއި ރާއްޖޭގައި ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް އޭނާ އަށް ލިބިގެން ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ފާޑުވިދާޅުވަމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނުއަސާސީގައި ސަރީހަ ކޮށް ބުނެފައިވާ ކަމަށެވެ.
އިންތި ވިދާޅުވީ ފަނޑިޔާރަކު އޭނާގެ މަގާމުގެ ހައިސިއްޔަތުން ކުރި ހުކުމަކާ ގުޅިގެން އެއްވެސް ތަނެއްގައި އޭނާ ޖަވާބުދާރީ ނުކުރެވޭ ކަމަށް ގާނޫނުއަސާސީގައި އޮތް ކަމުގައި ވިޔަސް، ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ފަނޑިޔާރުކަމުގެ ހައިސިއްޔަތު، ސުޕްރީމް ކޯޓުން ނިގުޅައިގަތީ، އެ ގާޒީ ނިންމެވި ނިންމުމަކާ ގުޅިގެން ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ކަމަށެވެ.
އިންތި ވިދާޅުވި ގޮތުގައި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ، ވ. ބޮޑުމޮހޮރާ ހަވާލު ކުރުމަށް، ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި، އެ މައްސަލަ އަނބުރާ ގެންދިޔައީ ވެސް ދައުލަތުގެ ފަރާތުން ކަމަށެވެ. ސިވިލް ކޯޓުގެ އެ ހުކުމް އެއަށް ވުރެ މަތީ މަރުހަލާގެ ކޯޓަކުން މިހާތަނަށް ބާތިލުކޮށްފައި ނުވާތީ، އެ މައްސަލައިގައި މިހާތަނަށް ވެސް ދެމިއޮތީ، ސިވިލް ކޯޓުގެ ހުކުމް ކަމަށާއި، ގާޒީ މަރިޔަމް ވަހީދު އިއްވި ހުކުމަކީ އެ ކޯޓުގެ ހުކުމެއް ތަންފީޒު ކުރުމަށް އިއްވި ހުކުމެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ރާއްޖޭގެ ޝަރުއީ ދާއިރާގައި ހިންގާ މިފަދަ ކަންތައް ހުއްޓުވަން އެންމެ ނުކުންނަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އާންމުވެގެންވާ ބޮޑު ކޯފާއެއް ކުރިމަތިކުރައްވަންދެންތޯ ހުރިހާ ކަމެއް ވަރިހަމަ ކޮށްލައިގެން އަޅުގަނޑުމެން މި ތިބެނީ. ކޮން ބައެއްތޯ މި ކަންކަމުގެ ހައްގުގައި ނުކުންނަންވީ. ސުޕްރީމް ކޯޓަކީ ގޮތްކުޑަކަމުގެ މިސާލެއް. ކޮމަންވެލްތުން ވެސް އެ ގޮވަނީ އެ ވާހަކަ،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ޖުޑިޝަރީގެ ގަދަ ކަމަކީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުން ނޫން ކަމަށެވެ.
"ޖުޑިޝަރީގެ ގަދަކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުން. އެކަމެއް މި ރާއްޖޭގެ ޖުޑިޝަރީއަކަށް ނުވި."
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ. --ފޮޓޯ މަޖިލިސް
ކެންދޫ ދާއިރާގެ އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ އަމުރަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުން ކަމަށެވެ.
"ސުޕްރީމް ކޯޓުން ގާނޫނުއަސާސީ އޮޅާލައި ޖެހީ. ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތްތައް އޮޅާލައި ޖެހީ. ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީ މަޖިލީހުގެ މަސައްކަތެއް. ފަނޑިޔާރަކު ކުރާ ކަމަކާ ގުޅިގެން ފިޔަވަޅު އަޅާނީ ޖޭއެސްސީން. ފަނޑިޔާރުން މަގާމުން ވަކި ކުރާނީ މަޖިލީހުން. ސުޕްރީމް ކޯޓުން އެ ފަނޑިޔާރު އެ ވަނީ މަގާމުން ވަކިކޮށްފައި. ވިލާޔަތާ ދެން ހުރި އެއްޗަކާ ކަނޑާލީމާ އެއީ މަގާމުން ވަކި ކުރުން،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން މި ގޮތަށް ކަންތައް ކުރަނީ ޖޭއެސްސީން އެ މީހުން ޒިންމާ އަދާ ނުކުރާތީ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ތިބި، ވެރިކަން ކުރާ ޕާޓީގެ މެމްބަރުންގެ ވިސްނުން ހުރި ގޮތުން، މަޖިލީހުގެ ތެރެއިން ޖޭއެސްސީ ޒިންމާދާރު ކުރެވެން ނެތް ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.
ގާނޫނުއަސާސީއާ ކުޅެވޭނީ މަޖިލީހަށް އެކަނި: އިމްތިޔާޒު
ގޮނޑީގެ މައްސަލަ: ނުފޫޒު ނުފޯރުވަން އަމުރަކަށް އެދެފި
"މި ހާލަތު ނިމުމަކަށް ގެނެވޭނީ އުއްތަމަ ފަނޑިޔާރަށް"
ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނާހިލާފަށް: ވަކީލުން
ގޮނޑި ގެއްލޭ އެއްވެސް ކަމެއް ނުހިންގަން އަމުރަކަށް
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
"އިސްލާހު ގެނައީ އުސޫލުން ކަމަށް ގަބޫލެއް ނުކުރެވޭ"
ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ
ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލަ ބަލައިގެންފި
ސުޕްރީމް ކޯޓު އޮތީ ފެއިލްވެފައި، އުވާލަންވީ:މެމްބަރުން