އިންޑިއާގެ ބެންގަލޫރުގެ، އުމުރުން 78 އަހަރުގެ ފެތުންތެރިއެއް ކަމަށްވާ ގޯޕާލް ރާއޯ ފަތާފައި ސްރީ ލަންކާއިން އިންޑިއާއަށް ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެން އިއްޔެ މަރުވެއްޖެ އެވެ.
އިންޑިއާގެ ބެންގަލޫރުގެ، އުމުރުން 78 އަހަރުގެ ފެތުންތެރިއެއް ކަމަށްވާ ގޯޕާލް ރާއޯ ފަތާފައި ސްރީ ލަންކާއިން އިންޑިއާއަށް ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެން އިއްޔެ މަރުވެއްޖެ އެވެ.
ސްރީ ލަންކާގެ ތަލައިމަންނާރުން އިންޑިއާގެ ޓެމިލްނާޑޫގެ ރަމޭސްވަރަމް އަށް ދަނިކޮށް މަރުވި ރާއޯ އަކީ ލަންކާ އާއި އިންޑިއާއާ ދެމެދު އޮންނަ ޕާކް ސްޓްރެއިޓްގައި ބޭއްވި ފެތުމުގެ ރިލޭއެއްގައި ބައިވެރިވި 31 ފެތުންތެރިންގެ ތެރެއިން މީހެކެވެ.
ރާއޯ އާއި އެހެން ބައެއް މީހުން ރަމޭސްވަރަމްގައި ތިބެފައި ސްރީ ލަންކާ އަށް ކަނޑުމަގުން ދިޔައީ ހޯމަ ދުވަހު އެވެ. އޭނާ ލަންކާއިން އިންޑިއާއަށް ދާން ފަތައިގަތީ އެ ރޭ މެންދަމު 12:10 ގަ އެވެ.
ރާއޯ ފަތާފައި ދަނިކޮށް މެންދަމުން އަލިވެ 3:10 ހާއިރު އުނދަގޫތަކެއް ވާން ފެށުމުން އުޅަނދަކަށް ނަގައި ވަގުތުން ފަރުވާ ދޭން ފެށި ނަމަވެސް ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.
މަރުގެ ހާދިސާއާ އެކު އެހެން ފެތުންތެރިން ވެސް ރޭހާ ވަކިވި އެވެ.
ފުލުހުން ބުނީ މިއީ އިންޑިއާ އާއި ސްރީ ލަންކާގެ ވެސް ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުރިހާ ހުއްދަތަކެއް ހޯދައިގެން ބޭއްވި ރޭހެއް ކަމަށެވެ.
އަދާނީއާ އެކު ލަންކާއިން ހެދި އެއްބަސްވުން އުވާލައިފި
ސައިބަކްރައިމް ހިންގާ ބިދޭސީން ލަންކާގައި ހައްޔަރުކުރަނީ
ކަނޑު ބަލަހައްޓަން ލަންކާގައި ވަރުގަދަ މަރުކަޒެއް
އިންޑިއާގެ ޔޫޕީއައި ޕޭމެންޓް ހިދުމަތް ލަންކާގައި ދެނީ
އިންޑިއާ އާއި ލަންކާއާ ދެމެދު މި މަހު ފެރީ ފަށަނީ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ފޭރޭ މީހުންގެ އަތްދަށުން ލަންކާގެ ބޯޓު ސަލާމަތްކޮށްފި
ލަންކާގެ ފޭރުނު ބޯޓު ހޯދަން އިންޑިއާގެ މަނަވަރެއް
ޗައިނާގެ ރިސާޗް ވެސަލްތަކަށް ލަންކާ 1 އަހަރަށް ބަންދު
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ