Roadha Mihaaru
އީރާންގެ ރައީސް ލަންކާއަށް، ރެޑްނޯޓިސް އޮތް ވަޒީރުނެތް

އީރާންގެ ރައީސް ލަންކާއަށް، އިންޓަޕޮލް އިން ހޯދާ ވަޒީރެއް ނެތް

25 އެޕްރީލް 2024

އީރާންގެ ރައީސް އިބްރާހިމް ރައީސީ އިއްޔެ ސްރީ ލަންކާއަށް ވަޑައިގެން ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައިފި އެވެ.

އީރާންގެ ރައީސް އިބްރާހިމް ރައީސީ އިއްޔެ ސްރީ ލަންކާއަށް ވަޑައިގެން ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައިފި އެވެ.

ރައީސީ ލަންކާއަށް ވަޑައިގަތީ ޕާކިސްތާނަށް ވަޑައިގަތުމަށް ފަހު އެވެ. އޭނާ އެކު އީރާންގެ އިންޓީރިއާ މިނިސްޓަރު އަހްމަދު ވަހީދީ ޕާކިސްތާނަށް ވަޑައިގަތް އިރު އެއީ 1994 ވަނަ އަހަރު އާޖެންޓީނާގައި ޔަހޫދީންނަށް އަމާޒުކޮށް ބޮން ގޮއްވައި އެތައް ބަޔަކު މަރާލި ހަމަލާގެ ތުހުމަތަށް އެ ގައުމުން ހޯދާ ބޭފުޅެކެވެ. އެކަމަކު ލަންކާއަަށް ވަޑައިގަތް އިރު ވަހީދީއެއް ނެތެވެ.

އާޖެންޓީނާއިން ވަނީ ވަހީދީ ހައްޔަރުކޮށްދިނުމަށް ޕާކިސްތާނުގެ އިތުރުން ސްރީ ލަންކާގައި ވެސް އެދިފަ އެވެ. އޭނާ އަކީ އާޖެންޓީނާއިން ކުރާ ތަހުގީގެ ބޭނުމަށް ހައްޔަރުކުރަން ބޭނުންވާތީ އިންޓަޕޮލް އިން ވެސް ރެޑް ނޯޓިސް ނެރެފައިވާ ބޭފުޅެކެވެ.

ވަހީދީ ޕާކިސްތާނުގައި ފެނުނަސް، އީރާންގެ އެހީގައި ލަންކާގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ފެށުމަށް އެ ގައުމަށް ކުރި ދަތުރުގައި ފެންނާކަށް ނެތެވެ.

އީރާންގެ ރަސްމީ ނިއުސް އެޖެންސީން ބުނީ ވަހީދީ އެނބުރި ގައުމަށް ވަޑައިގެންފައިވާ ކަމަށާއި އެއީ އަންގާރަ ދުވަހު ގަވަރުނަރަކު މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އީރާންގެ ވަފުދުގައި ވަހީދީގެ ނަން ނެތް ކަމަށެވެ.

އާޖެންޓީނާގެ ބިއުނޯ އާރީސްގައި 1994 ވަނަ އަހަރު ޔަހޫދީންގެ ކޮމިއުނިޓީ ސެންޓަރެއްގައި ބޮން ގޮއްވައި 84 މީހުން މަރާލި ހާދިސާގެ ތަހުގީގެއް މިހާތަނަށް ފުރިހަމަވެފައި ނުވާއިރު އަދި ހަމަލާގެ ޒިންމާ ވެސް އެއްވެސް ބަޔަކު އުފުލާފައި ނުވާއިރު ވެސް އާޖެންޓީނާ އާއި އިޒްރޭލުން ބުނަނީ މިއީ އީރާންގެ އެދުމަށް ހިޒްބުﷲ އިން ދިން ހަމަލާއެއް ކަމަށެވެ. އެކަމަކު އީރާނުން މި ތުހުމަތަށް އިންކާރު ކުރެ އެވެ. -- އޭއެފްޕީ