Roadha Mihaaru
އީރާނުން އެތެރެކުރި ތެލަށް ސައިފަތުން އަގު ދައްކަނީ

އީރާނުން އެތެރެކުރި ތެލުގެ ބަދަލުގައި ލަންކާ އިން ސައިފަތް ދެނީ

24 ޖުލައި 2018

ކޮލަމްބޯ (ޖުލައި 24) - އީރާނުން ކުރިން އެތެރެކޮށްފައިވާ ތެލަށް ނުދެއްކި ހުރި ފައިސާގެ ބަދަލުގައި އެ އަގަށްވާ ވަރަށް ސައިފަތް ފޮނުވައިގެން ޕޭމަންޓް ހަމަޖެއްސޭތޯ ލަންކާ އިން މަސައްކަތް ކުރަމުންދާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖުލައި 24) - އީރާނުން ކުރިން އެތެރެކޮށްފައިވާ ތެލަށް ނުދެއްކި ހުރި ފައިސާގެ ބަދަލުގައި އެ އަގަށްވާ ވަރަށް ސައިފަތް ފޮނުވައިގެން ޕޭމަންޓް ހަމަޖެއްސޭތޯ ލަންކާ އިން މަސައްކަތް ކުރަމުންދާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެފި އެވެ.

ސްރީ ލަންކާ ޓީ ބޯޑުން ބުނީ އީރާނުން އެތެރެކޮށްފައިވާ ތެލަށް ސިލޯން ޕެޓްރޯލިއަން ކޯޕަރޭޝަން (ސީޕީސީ) އިން 250 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

"ސީޕީސީ އިން ސިލޯން ޓީ ބޯޑަށް ފައިސާ ދައްކައިފި ނަމަ، އެ އަގަށްވާ ވަރަށް އީރާނަށް ސައިފަތް ފޮނުވައިދޭނަން. އެއީ އީރާނަށް ގާތްގަނޑަކަށް އަހަރެއްގެ ތެރޭ ލަންކާ އިން ސައިފަތް އެކްސްޕޯޓްކުރާ ވަރުގެ އަދަދެއް،" ސްރީ ލަންކާ ޓީ ބޯޑުގެ ޗެއާމަން ލޫސިލް ވިޖެވަރްދަނާ ވިދާޅުވި އެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުން ލަންކާ އިން މިދިޔަ އަހަރު ވަނީ 27.4 މިލިއަން ކިލޯގެ ސައިފަތް އީރާނަށް އެކްސްޕޯޓް ކޮށްފަ އެވެ. އީރާނަކީ ލަންކާގެ ސައިފަތުގެ ހަތަރު ވަނަ އަށް އެންމެ ބޮޑު މާކެޓެވެ.

އީރާނުގެ ތެލަށް ސައިފަތުން އަގު ދެއްކޭތޯ ލަންކާ އިން ބަލަމުން ދަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފި ނަމަ އެ ގައުމަށް ފައިސާ ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ އެވެ.